ސޮނޭވާފުށީގައި ކުނި މެނޭޖްކުރާ ތަނުގައި އަލިފާން ރޯވެއްޖެ

ސޮނޭވާފުށީގެ އީކޯ ސެންޓްރޯގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތްކުރަނީ -- ފޮޓޯ/ ޕީއެސްއެމް

ބ. ކުންފުނަދޫގައި ހިންގާ ސޮނޭވާފުށި ރިސޯޓުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްކުރާ އީކޯ ސެންޓްރޯގައި އަލިފާން ރޯވެއްޖެއެވެ.

ސޮނޭވާފުށީގެ އީކޯ ސެންޓްރޯއަކީ އެ ރަށުގައި އުފެދޭ ހުރިހާ ކުންޏެއް މެނޭޖުކުރުމުގެ މަސައްކަތްކުރާ ޕްލާންޓެވެ. އެތަނުގައި ކުނި ރީސައިކަލްކުރުމާއި، ކޮމްޕޯސްޓް އުފެއްދުން ފަދަ ކަންކަން ކުރެއެވެ. އަދި އެތަނުގައި ގިނަ އަދަދެއްގެ ދަރާއި ފަން ފަދަ، ފަސޭހައިން އަލިފާން ހިފާ ޒާތުގެ ތަކެތިވެސް ހުރެއެވެ.

މި ހާދިސާއާ ބެހޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

މިއަހަރުގެ ތެރޭގައި މިއީ އަލިފާނުގެ ހާދިސާއެއް ހިނގި ހަތަރުވަނަ ރިސޯޓެވެ. މީގެ ކުރިން މާލެ އަތޮޅުގައި ހިންގާ ގިލި ލަންކަންފުށި ރިސޯޓާއި ޓާޖް އެގްޒޯޓިކާ ރިސޯޓުގެ އިތުރުން ބ. އަތޮޅުގައި އޮންނަ ރީތި ބީޗު ރިސޯޓުގައި ވަނީ އަލިފާނުގެ ހާދިސާތަކެއް ހިނގާފައެވެ.

comment ކޮމެންޓް