ގެއްލުނު ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަނިކޮށް ފަޒީލް ހައްޔަރުކޮށްފި

ގެއްލުނު ޝިމާ: ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަނިކޮށް މިއަދު ވަނީ ބަޔަކު ހައްޔަރުކޮށްފައި ---

ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި، ގެއްލުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅެނިކޮށް އިބްރާހިމް ފަޒީލާއި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފަޒީލްއަކީ ޝިމާ ގެއްލުނު އިރު ޑިންގީ ދުއްވަންއިން މީހާއެވެ. މާމެންދޫއިން މަންޒަރު ދުށް މީހަކު ބުނީ ޝިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ގޮވައިގެން މާމެންދޫއިން ޑިންގީއެއްގައި ފުރީ މޫނު ނިވައިކޮށްގެން ކަމަށެވެ.

ފުލުހުން ބުނީ މިއަދު ހަތަރެއް ޖެހިއިރު މާމެންދޫއިން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ތިން މީހަކު ސިކްސް ސެންސަސް ލާމު ރިސޯޓު ކައިރިން ދަނިކޮށް ފުލުހުންގެ ބެލުުމުގެ ދަށަށް އެމީހުން ގެންގޮސްފައިވާ ކަމަށެވެ.

އެނގިފައިވާގޮތުން ފަޒީލްއާ އޭނާއާ އެކު ދެން ތިބި މީހުން ތިބީ ތިބީ މޫނު އަޅައިގެންނެވެ. އެމީހުން ހައްޔަރުކޮށްގެން މިހާރު ފުލުހުން ވަނީ މާމެންދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ.

ޝިމާ ގެއްލުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދިވެސް މިއަދާ ހަމައަށް އޭނާގެ ހިލަމެއް ނުވެ އެވެ. އަދި އޭނާ ދަތުރުކުރި ޑޮންގީވެސް ފެނިފައެއް ނުވެ އެވެ. ޑިންގީ ދުއްވަން އިން ފަޒީލްގެ މައްޗަށް އާއިލާއިން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ޝިމާ ގެއްލުނީ ނޫން ކަމަށް ގެއްލުވާލީ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.

ފަޒީލް ބުނާ ގޮތުން ޑިންގީ ބަންޑުން ޖަހާލުމުން އޭނާ ސިކްސް ސެންސް ރިސޯޓަށް އެރީ ފަތާފަ އެވެ. އަދި ޝިމާ ގެއްލުމުން ދެރަވާ ކަމަށް އޭނާ މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް