ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ އަތާއި ފައި ބިނދިއްޖެ

ފުވައްމުލައް ސިޓީ: އެކްސިޑެންޓުގައި އަނިޔާވި ދެ ޒުވާނުން ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައި--- ސަން ފައިލް ފޮޓޯ

ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ އަތާއި ފައި ބިނދިއްޖެއެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީ ފުނާޑު ހައިވޭ ރެސްޓް ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި، 14:15 އެހައިކަންހާއިރު، އެކްސިޑެންޓެއް ހިނގައި އަނިޔާ ލިބުނު ތިން މީހަކު ޏ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލް ދުއްވަން އިން ލަންކާ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ކަނާތާއި ކަނާތު ފައި ބިންދައިގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަނެއް ސައިކަލް ދުއްވަންއިން 18 އަހަރުގެ މީހާ އާއި އެ ސައިކަލް ފަހަތުގައި އިން 24 އަހަރުގެ މީހާއަށް ވެސް އެކިވަރުގެ އަނިޔާތަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް