ދިރާގުން ސެމްސަންގް ގެލެކްސީ އެސް10 ރާއްޖެއަށް ތައާރަފު ކޮށްފި

ދިރާގުން ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ރާއްޖެއަށް ތައާރަފު ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސެމްސަންގުގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ސެމްސަންގް ގެލެކްސީ އެސް10 ދިރާގުން ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

ދިރާގުން މިރޭ ވަނީ ގެލެކްސީ އެސް10 އަދި އެސް10 ޕްލަސްގެ ފޯނުތައް ރާއްޖެއަށް ތައާރަފުކޮށްފައެވެ. މި ފޯނު ލޯންޗު ކުރުމަށް މިރޭ ދިރާގު ހެޑް އޮފީހުގެ ޕޯޓިކޯ ގައި ބޭއްވި ރަސްމިއްޔާތުގައި ސެެމްސަންގު ރީޖަނަލް އޮފީހުގެ އިސްވެރިން ބައިވެރިވިއެވެ.

ދިރާގުން ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ރާއްޖެއަށް ތައާރަފު ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިރާގުން މިރޭ ބޭއްވި ފޯރިގަދަ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައި އޮތްއިރު، އިވެންޓުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ގުރުއަތުން ހޮވުނު އެއް ފަރާތަކަށް އެސް10 ފޯނެއް ވަނީ ދީފައެވެ.

ސެމްސަންގް ގެލެކްސީ އެސް10 އަދި އެސް10 ޕްލަސްގެ ފޯނުތަކުގެ ތެރޭގައި 128 ޖީބީގެ ފޯނާއި 512 ޖީބީ އަދި އެއް ޓީބީގެ ފޯނު ހިމެނެއެވެ. ވަޔަލެސް ޕަވާ ޝެއަރިންގެ ޓެކްނޮލަޖީ ހިމަނާފައިވާ މި ފޯނުތަކުން 4ކޭ ވީޑިއޯ ނެގޭނެ އެވެ. އަދި މިއީ ޖުމްލަ ފަސް ކެމެރާ ހިމަނާފައިވާ ސްޓޫޑިއޯ ގްރޭޓް ފޮޓޯ ނެގޭނެ ފޯނެއްވެސް މެއެވެ.

ދިރާގުން ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ރާއްޖެއަށް ތައާރަފު ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް 5 ކެމެރާ (2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާ)، އޮން ސްކްރީން ފިންގަރ ޕްރިންޓް ޓެކްނޮލަޖީވެސް ހިމެނެއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓަރެވެ. ދިރާގުން ދަނީ 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.

comment ކޮމެންޓް