ނިސާންގެ ކުރީގެ ޗެއާމަން ހައްޔަރު ކުރިތާ ތިން މަސް ފަހުން ކަފާލާތުގެ ދަށުން ދޫކުރަނީ

ނިސާންގެ ކުރީގެ ޗެއާމަން ކާލޯސް ގޯން ދޫކޮށްލާނީ ނުވަ މިލިއަން ޑޮލަރު ދެއްކުމުން ކަމަށް ކޯޓުން ވަނީ ބުނެފައި -- ފޮޓޯ: ރޮއިޓާސް

ހޮންކޮން (މާޗް 5): ޖަޕާނުން ނިސާންގެ ކުރީގެ ޗެއާމަން ކާލޯސް ގޯން ހައްޔަރު ކުރިތާ ތިން މަސް ފަހުން އޭނާ ކަފާލާތުގެ ދަށުން ދޫކުރުގެ މަރުހަލާތައް ފަށައިފި އެވެ.

ޓޯކިޔޯ ޑިސްޓްރިކްޓު ކޯޓުން މިއަދު ބުނި ގޮތުގައި ކަފާލާތުގެ ގޮތުގައި ގޯން ދައްކަން ޖެހޭނީ އެއް ބިލިއަން ޔެން (ނުވަ މިލިއަން ޑޮލަރު)އެވެ. ނަމަވެސް ގޯން ދޫކޮށްލާނެކަން އަދި ޔަގީންވެފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އޭނާ ޖަލުގައި ބެހެއްޓުމަށް ޕްރޮސިކިއުޓަރުން އެދޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ގޯންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އޭނާގެ މުސާރައިގެ ބޮޑު ބައެއް ހާމަ ނުކުރުމާއި އޭނާގެ އަމިއްލަ އިންވެސްޓުމެންޓުތަކުން ލިބުނު ގެއްލުން ނިސާންއަށް ޓްރާންސްފާ ކުރި މައްސަލައިގަ އެވެ. ގޯން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޮގުކޮށްފަ އެވެ.

ޖަޕާނުން ގޯން ހައްޔަރު ކުރީ ނޮވެމްބަރު 19އިގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ނިސާން އާއި ރެނޯލްޓާއި މިޓްސުބިޝީ މޮޓޯސްގެ އިސް މަގާމުތަކުން ދުރުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް