ލަންދުއަށް މި ވަގުތަށް އެންމެ ބޭނުން ވަނީ ޒަމާނީ ފެންވަރުގެ މިސްކިތެއް

ނ. ލަންދޫ: އެރަށަށް އެންމެ ބޭނުން ވަނީ ޒަމާނީ ފެންވަރުގެ މިސްކިތެއް

ނ. ލަންދު އަށް މިވަގުތަށް އެންމެ ބޭނުން ވަނީ ޒަމާނީ ފެންވަރުގެ މިސްކިތެއް ކަމަށް ލަންދޫ ކައުންސިލުން ބުނެފި އެވެ.

މިއަދު ލަންދޫ ކައުންސިލުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާ ފައަވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރަށުގެ ބަނދަރުގެ ދަތިކަމާއި މިސްކިތުގެ ޖާގައިގެ ދަތިކަން ފާހަގަ ކައުންސިލް މެމްބަރުން ފާހަގަ ކުކުރެއްވިއެވެ.

އެގޮތުން ލަންދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާ ކުރުމަށާއި ބަނދަރުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ކައުންސިލް މެމްބަރުން ރައީސްގެ އަރިހުން އެދިވަޑައިގަތެވެ.

ލަންދޫ ކައުންސިލް މެމްބަރުން ރައީސް ސޯލިހާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކައުންސިލް މެމްބަރުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމަށް ރައީސް ސޯލިހް ކަންސިލް މެމްބަރުންގެ އަރިހުގައި ވިދާޅުވިއެވެ.

މިއަހަރު ބަޖެޓުގައި ލަންދޫއަށް ކަނޑައެޅިފައިވާ މަޝްރޫއުތައް:

  • ލަންދޫ ސްޕޯޓްސް އިންފްރާސްޓްރަކްޗާ ގާއިމްކުރުން - 74،067 ރުފިޔާ
  • ލަންދޫ ބަނދަރު އަޕްގްރޭޑްކުރުން - 12،352،131 ރުފިޔާ
  • ލަންދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުން - 3،727،339 ރުފިޔާ
  • އިޖްތިމާއީ ފެން ރައްކާކުރާ ނިޒާމް ޤާއިމްކުރުން
comment ކޮމެންޓް