"ނަފްރަތުވުމުން" ޓީޒާ: އަސަރުގަދަ ލޯބީގެ ފިލްމެއް، އަންނަ އޭޕްރިލް މަހު ސިނަމާތަކަށް!

ނަފްރަތުވުމުންގެ މަންޒަރެއްގައި ލީޑު ތަރި އައްޒަ--

ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ކުރިއަށް އޮތް ފިލްމު "ނަފްރަތުވުމުން"ގެ ޓީޒާ ދައްކާލައިފިއެވެ.

ފިލްމު އަންނަ އޭޕްރިލް މަހުގެ ޕްރިމިއާކުރުމަށް ނިންމި ނަމަވެސް ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ލޯބީގެ ލަވައަކާއެކު ފިލްމުގެ ޓީޒާގައި ހިތް ރޮއްވާލާ ފަދަ މަންޒަރެއް ވަނީ ފެނިގެން ގޮއްސައެވެ.

އެ ފިލްމު ޑައިރެކްޓް ކުރަނީ ޔޫއްޕެއެވެ. ފިލްމުން އޭނާވެސް ފެނިގެންދާނެއެވެ.

ބ. ދަރަވަންދޫގައި މަންޒަރުތައް ނަގާފައިވާ"ނަފްރަތުވުމުން" ގެ ލީޑު ރޯލުން ފެންނާނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ. އަދި "ނަފްރަތުވުމުން"ގެ މުހިއްމު ރޯލަކުން އަހުމަދު އީސަ(އާނަންދު) ފެންނާނެ ކަމަށް ޔޫއްޕެ ބުނެއެވެ.

ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ އެ ފިލްމު ނިކަން ރަނގަޅަށް ސާބިތުކޮށްދޭނެ ކަމަށް ޔޫއްޕެ 'ސަން' އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ރާއްޖޭގެ މުޖުތަމައު ތެރޭގައި ބޮޑުވެފައިވާ މައްސަލައަކަށް އެ ފިލްމު ވަނީ އަލިއަޅުވާލާފައެވެ.

comment ކޮމެންޓް