މިލިއަނެއްހާ ރުފިޔާގެ މުދަލާ އެކު އަޑިއަށް ދިޔަ ބޯޓު ދެ ދުވަސް ފަހުން ފުންކޮށްފި

އަޑިއަށް ދިޔަ މަސް ބޯޓު ފުންކުރެވިފައި -- ފޮޓޯ/ އެމްއެންޑީއެފް

މިލިއަނެއްހާ ރުފިޔާގެ މުދަލާ އެކު މިދިޔަ ބުދަ ދުވަހު އިންނަމާދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ ބޯޓު ދެ ދުވަސް ފަހުން ފުންކޮށްފި އެވެ.

އަޑިއަށް ގޮސްފައި ވަނީ ކާޑުގެ ބާވަތްތަކާއި ގޭހާއި ހިލަވެލި އަދި ސިމެންތި ފަދަ މުދަލާ އެކު މާލެ އިން ރ. އިންނަމާދު އަށް ދަތުރުކުރި "މިހިރީ5" ނަމަކަށްކިޔާ ބޯޓެކެވެ. އެ ބޯޓު ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި ރަށުގެ ރައްޔިތުން މިދިޔަ ބުދަ ދުވަހުން ފެށިގެން އައީ ކުރަމުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، އެ ބޯޓު މިހާރު "ފެންމަތި" ކޮށްފައިވާ ކަމަށެވެ.

https://sun.mv/116059

އެ ހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ، އެ ބޯޓު އަޑިއަށް ދިޔަ އިރު މިލިއަނެއްހާ ރުފިޔާގެ މުދާ އޭގައި ހުރި ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

comment ކޮމެންޓް