ރާއްޖޭގެ ކަނޑުން ލަންކާގެ އިތުރު ދެ މަސްބޯޓެއް އަތުލައިގެންފި

މީގެ ކުރިން ރާއްޖޭގެ ސަރަހައްދުން ފެނުނު މަސް ބޯޓުތަކެއް ކައިރީގައި ކޯސްޓްގާޑް އުޅަނދެއް ހަރަކާތްތެރިވަނީ: ލަންކާގެ ދެ މަސް ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ އަތުލައިގެންފައި ---- ފައިލް ފޮޓޯ: އެމްއެންޑީއެފް

ރައްޖޭގެ ކަނޑުގެ ސަރަހައްދުގައ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ސްރީލަންކާގެ އިތުރު ދެ މަސް ބޯޓު އެމްއެންޑީއެފް އިން އަތުލައިގެންފި އެވެ.

އެމްއެންޑީއެފް އިން ވަނީ ރޭ 11:30 އެހާކަށް ހާއިރު ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ދެ މަސްބޯޓެއް އަތުލައިގެންފައެވެ. އެމްއެންޑީއެފް އިން މިއަދު ބުނީ، ރޭ 2:30 އެހާކަށް ހާއިރު ސްރީލަންކާގެ އިތުރު ދެ މަސް ބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ.

އެއާއެކު ޖުމްލަ ހަތަރު ލަންކާ އަށް ނިސްބަތްވާ މަސްބޯޓު އެމްއެންޑީއެފް އިން ރޭ ވަނީ އަތުލައިގެންފައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެ ހަތަރު މަސް ބޯޓުވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝީޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި މިހާރު އެ ހަތަރު ބޯޓުވެސް ކުޅުދުއްފުއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

https://sun.mv/116117

އޭނާ ވިދާޅުވީ، އެ ހަތަރު ބޯޓު ކުޅުދުއްފުޓާ ހަމަައަށް ދެވޭވަރު ވަނީ، މިރޭ 10:30 އެހާކަށް ހާއިރު ކަމަށެވެ

އަވަށްޓެރި ސްރީލަންކާއަށް ނިސްބަތްވާ ހަތަރު މަސްބޯޓެއް ރޭ އަތުލައިގެންފައިވާ އިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ މަސް ބޯޓުތައް ދޭތެރެއިން އެމްއެންޑީއެފް އަތުލައިގަނެއެވެ.

comment ކޮމެންޓް