ކޯރަމް ހަމަނުވެގެން މިރޭ ބާއްވަން ތާވަލު ކުރި 241 ކޮމެޓީ ނުބޭއްވުނު

މީގެ ކުރިން ބޭއްވި 241 ކޮމެޓީގެ ބައްދަލުވުން: މިރޭ ބާއްވަން ތާވަލުކުރި ބައްދަލުވުން ނުބޭއްވުނީ ކޯރަމް ހަމަ ނުވެގެން -- ފައިލް ފޮޓޯ/ ނިހާން

މިރޭ ބާއްވަން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ކޯރަމް ހަމަނުވެގެން ބޭއްވޭ ގޮތެއް ނުވި އެވެ.

އެނގިފައިވާ ގޮތުގައި މިރޭ 241 ކޮމެޓީ ބާއްވަން މަސައްކަތް ކޮށްފައިވަނީ އެ ކޮމެޓީގެ މުގައްރިރެއް ހޮވުމަށެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ "ސަން" އަށް ވިދާޅުވީ މިރޭ 7:00 ޖަހާއިރަށް ތާވަލުކުރި 241 ކޮމެޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ބޭއްވޭ ގޮތް ވެފައި ނުވާ ކަމަށެވެ.

241 ކޮމެޓީ އެކުލެވިފައިވާ ގޮތް:

ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު (ޕީޕީއެމް)

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (ޕީޕީއެމް)

ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފް (ޕީޕީއެމް)

ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުالله (ޕީޕީއެމް)

ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު (ޖޭޕޭ)

ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޒް (ޖޭޕޭ)

ދަނގެތި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު (ޖޭޕޭ)

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު (ޖޭޕޭ)

ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ދީދީ (އެމްޑީޕީ)

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله (އެމްޑީޕީ)

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް (އެމްޑީޕީ)

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު (އެމްޑީއޭ)

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް (ޢަދާލަތު ޕާޓީ) މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުالله ސިނާން (މިނިވަން)

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީގެ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަނަށެވެ. އެނގިފައިވާ ގޮތުގައި މިރޭގެ ކޮމެޓީ ބައްދަލުވުމަށް އިދިކޮޅު މެންބަރުން ހާޒިރުވި ނަމަވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ގިނަ މެންބަރުން ހާޒިރު ވެފައެއް ނުވެ އެވެ.

'ސަން' އާ ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ބުނީ، މިރޭގެ ކޮމެޓީއަށް ހާޒިރުވެފެއި ނުވަނީ 'އުޒުރުވެރި' ވެގެން ކަމަށާއި އެކަން ވާނީ މަޖިލީހަށް އަންގަފާއި ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ބަންދު ދުވަހެއް ކަމުން ގިނަ މެންބަރުން އާއިލީ ކަންކަމުގަޔާއި އެކި ކަންކަމުގައި ރަށުން ބޭރުގައި ހުރުމުން މިރޭގެ ބައްދަލުވުމަށް ހާޒިރުނުވެވުނީ ކަމަށް،" އެ ކޮމެޓީގައި ހިމެނޭ ސަރުކާރު ކޯލިޝަނުގެ މެންބަރަކު ވިދާޅުވި އެވެ.

ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީގެ މުގައްރިރަކަށް އެންމެ ފަހުން ހުންނެވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު އެވެ. އަދި މިދިޔަ ސަރުކާރުގައި ޕީޕީއެމް ކޯލިޝަނުގައި އެ ކޮމެޓީގެ މެޖޯރިޓީ އޮތް ނަމަވެސް ސަރުކާރު ބަދަލުވުމާއި އެކު ބައެއް މެންބަރުން ޕީޕީއެމުން ވަކިވެވަޑައިގަތުމާއި އެކު ކޮމެޓީގެ މެޖޯރިޓީ ވަނީ ޕީޕީއެމަށް ގެއްލިފަ އެވެ.

ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ ނުވަތަ 241 ކޮމެޓީއަށް، އެކްޓީން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ހާޒިރު ކުރުމަށް ޕީޕީއެމް ކޯލިޝަނުގައި ހިމެނޭ އަހްމަދު އާރިފް އާއި ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، ނިހާން އާއި ޝިޔާމް ސޮއިކުރައްވައި މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދެވޭނީ ކޮމެޓީގެ މުގައްރިރެއް ހޮވުމަށްފަހު އެވެ.

comment ކޮމެންޓް