"ނަޔަކް"ގެ ސީކުއަލެއް ހެދުމަށް އަނިލް ޝައުގިވެރިކަން ފާޅުކޮށްފި

އަނިލް ކަޕޫރު---

ދެހާސް އެއްވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ނަޔަކް: ދަ ރިއަލް ހީރޯ"ގެ ސީކުއަލެއް ހެދުމަށް ކާމިޔާބު ބަތަލު އަނިލް ކަޕޫރު ޝައުގުވެރިކަން ފާޅުކޮށްިފ އެވެ.

އިންޑިއާގެ ރޭޑިއޯ ޗެނަލަކަށް އަނިލް ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމަކީ ޝައުގުވެރި ފިލްމެއްކަމަށާއި އަދި އެ ފިލްމުގެ ދެވަނަ ބައެއް ވެސް ހެދިދާނެ ކަމަށެވެ.

"ދެވަނަ ފިލްމުގެ ވާހަކަ ޝައުގުވެރިގޮތަކަށް ގެންދެވޭނެ،"

އެ ފިލްމަކީ ޝަންކަރު ޑައިރެކްޓްކޮށް ތައްޔާރުކުރި ފިލްމެކެވެ.

"ނަޔަކް"ގެ ލީޑު ރޯލުން ފެނިގެންދަނީ އަނިލްގެ އިތުރުން ރާނީ މުކަރްޖީއެވެ.

މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމާ ހަވާލުވާ މީހެއްގެ ވާހަކަ އެ ފިލްމުގައި ކިޔާދެ އެވެ.

comment ކޮމެންޓް