"40 ޕްލަސް"ގެ އިތުރު ޓީޒާތަކެއް!

ފިލްމުގެ ޕޯސްޓަރެއް---

ހޭޝްޓެގް "ދަ ބިގެސްޓް މޫވީ އޮފް ދަ 2019"ގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ ދިވެހި ފިލްމު "40 ޕްލަސް"ގެ އިތުރު ޓީޒާތަކެއް ދައްކާލައިފި އެވެ.

ފިލްމު ޕްރިމިއާކުރުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރު ފިލްމުގެ ޓިކެޓް ވިއްކުން ވެސް ބާރު ސްޕީޑުގައި ކުރިއަށް ދެއެވެ.

މިފަހަރު އާންމުކުރި ޓީޒާތަކުގައި ވެސް އެހެން ޓީޒާތަކާ އެއްގޮތަށް ހެއްވާ މަޖާ މަންޒަރުތައް ފެނިގެންދެ އެވެ.

ފިލްމު ސިނަމާއަށް އަންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ އިސްމާއިލް ޝަފީގު ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ތ. ބުރުނީގައި މަންޒަރުތައް ނެގި އެ ފިލްމަކީ "ނޯޓީ 40"ގެ ސީކުއެލްއެކެވެ.

އެ ފިލްމު މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ދެއްކުމަށް ވަނީ ނިންމައިފަ އެވެ.

ހެއްވާ މަޖާ އަދި ބިރުވެރި އެތައް މަންޒަރެއް "40 ޕްލަސް"ގެ ޓިޒާއިން ފެންނަ އިރު އެ ފިލްމު ވާނީ ރާއްޖޭގެ ސިނަމާތަކަށް އަންނާނެ ފުރަތަމަ ބިރުވެރި މަޖާ ފީޗާ ފިލްމަށެވެ.

ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެ އެވެ.

comment ކޮމެންޓް