ތޫނު އެއްޗަކުން ބިރު ދައްކައި 840 ޑޮލަރު ފޭރިގެންފި

މަފާންނު ސަރައްހައްދު: އެ ސަރަހައްދުން ހިނގައިފައި ދިޔަ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކާ 847 ޑޮލަރު ވަނީ ފޭރިގެންފައި ---- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މިއަދު މެނދުރު ފަހު، މަގުމަތިން ދިޔަ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި 840 ޑޮލަރު ފޭރިގެންފި އެވެ.

ފުލުހުންނަށް މިހާދިސާގެ ރިޕޯޓު ހުށަހަޅައިފައި ވަނީ މިއަދު މެންދުރު ފަހު، 3:30 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މިއަދު މާފަންނު އަޅިވިލާމަގުން ހިނގައިފައި ދިޔަ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި އޭނާގެ އަތުން 840 ޑޮލަރު (12،952.8 ރުފިޔާ) ފޭރިގެންފައިވާ މައްސަލައެއް އެ މުއަސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި 26 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަން ފުލުހުން ބުންޏެވެ.

މިއަދު މާފަންނު އަޅިވިލާމަގުން ތޫނު އެއްޗަކުން މީހަކަށް ބިރުދައްކައި ޑޮލަރުތަކެއް ފޭރިގެންފައިވާ އިރު، މިދިޔަ ހޯމަ ދުވަހު މާފަންނު، ފަތަހަ ސުންބުލި ކައިރިން ދެ ސައިކަލެއްގައި ދިޔަ ތިން މީހަކު ވަޅިން ބިރުދެއްކުމަށް ފަހު އެކްސްޕާޓް މޮޓޯސްގެ ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަނީ ފޭރިގެންފަ އެވެ.

comment ކޮމެންޓް