މިއަހަރު ލޯބިވެރިއެއް ބޭނުން: ކެޓްރީނާ

ކެޓްރީނާ ކައިފް--

މިއަހަރު އެންމެ ބޮޑަށް ބޭނުންވަނީ ލޯބިވެރިއެއް ކަމަށް ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކެޓްރީނާ ކެއިފް ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ބުނެފިއެވެ.

ބަތަލު ރަންބީރު ކަޕޫރު އާ ރުޅިވިފަހުން ކެޓްރީނާ ބައިވެރިއެއް ނުހޯދައެވެ. އެދެތަރިންގެ ގުޅުމަށް ނިމުމެއް އައީ 2016 ވަނަ އަހަރުއެވެ.

"މިއަހަރު އެންމެ ބޭނުން ވަނީ ފިލްމް ފެއާ އެވޯޑެއް، ލޯބީގެ ގޮތުން ގުޅިގެން އުޅޭނެ ބައިވެރިއެއް،"

ކެޓްރީނާ ބުނީ އޭނާ ދެން ހުހަށް ހުންނަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ދިރިއުޅުމެއް ކަމަށެވެ.

އެ އިންޓަވިއުގައި އޭނާ ބުނީ ރަނގަޅު ކަމުދާ ބައިވެރިއެއް ލިބިއްޖެނަމަ ކައިވެނި ކުރަން ތައްޔާރަށް ހުރި ކަމަށެވެ.

ރަންބީރުއާއެކު އޭނާ ވަނީ ފަސް އަހަރު އެކުގައި އުޅެފަ އެވެ. އޭނާ ވަނީ ބޮލީވުޑްގެ ތަރި ސަލްމާން އާ ވެސް ލޯބީގެ ގޮތުން ގުޅިފައެވެ.

comment ކޮމެންޓް