އިންޑިއަން އެއާ ފޯސްގެ ދެ ޖެޓު އެކްސިޑެންޓުވެ، ޕައިލެޓަކު މަރުވެއްޖެ

އިންޑިއާގެ އެއާފޯސްގެ ދެ ޖެޓު އެކްސިޑެންޓުވި ހާދިސާގައި ޕައިލެޓަކު މަރުވެ، ދެ ޕައިލެޓުންނަށް އަނިޔާވި -- ފޮޓޯ: އެންޑީޓީވީ

ދިއްލީ (ފެބްރުއަރީ 19): އިންޑިއަން އެއާ ފޯސްގެ ދެ ޖެޓު އެކްސިޑެންޓުވެ، ޕައިލެޓަކު މަރުވެއްޖެ އެވެ.

އެއާ ފޯސްގެ އެރޯބެޓިކް ޓީމަށް ނިސްބަތްވާ ދެ ޖެޓު އެކްސިޑެންޓުވުމަށް ފަހު ވެއްޓުނީ ބެންގަލޫރުގެ ވައިގެ މަރުކަޒެއް ކައިރިއަށެވެ. އެހާދިސާ ހިނގީ މާދަމާ ބާއްވާ އެއާ ޝޯއަކަށް ތައްޔާރުވަމުން ދަނިކޮށެވެ. އަދި އެއް ޖެޓުގައި ދެ ޕައިލެޓުން ތިބި އިރު އަނެއް ޖެޓުގައި އިނީ އެއް ޕައިލެޓެވެ.

ފުލުހަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އެހާދިސާގައި އެއް ޕައިލެޓަކު މަރުވެ، ދެ ޕައިލެޓަކަށާއި އިތުރު މީހަކަށް އަނިޔާވެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ދެ ޖެޓު ކޮންޓްރޯލުން ނެއްޓިގެން ވެއްޓޭ މަންޒަރު ފެނިގެންދެ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ދެ ޕައިލެޓުން ޕެރެޝޫޓް އަޅައިގެން ފުންމާލި މަންޒަރު ފެނުނު ކަމަށް ބުނެފަ އެވެ. ނަމަވެސް ތިން ވަނަ ޕައިލެޓު މަރުވި ގޮތެއް އަދި ޔަގީންވެފައި ނުވެ އެވެ.

އިންޑިއާގެ އެއާ ފޯސްއިން ވަނީ އެހާދިސާ ތަހުގީގު ކުރަން އަންގާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް