އަރަބިއްޔާއަށް ޓީޗަރުން ހަމަނުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ވަފުދެއް މިސްރަށް

އަރަބިއްޔާއަށް ޓީޗަރުން ހަމަނުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ވަފުދެއް މިސްރުގައި --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަނުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ވަފުދެއް މިސްރަށް ވަޑައިގެންފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ވަފުދުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދި ރައީސް އޮފީގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރު ވެސް ހިމެނޭ ކަމަށެވެ.

އެ ދަތުތުގައި އެ ބޭފުޅުން ވަނީ މިސްރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުހުތާރު ޖުމާ އަދި އެގައުމުގެ އެންމެ އިސް މުފްތީ ޑރ. ޝައުކީ އިބްރާހިމް އާލިމްއާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ދިރާސީ އަހަރު ފެށިގެން މިހާތަނަށް ވެސް އަރަބިއްޔާ ސްކޫލުގެ ޓީޗަރުން ހަމަނުވާތީ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮއްފަ އެވެ.

ސްކޫލަށް ޓީޗަރުން ހަަމަނުވާތީވެ އަރަބިއްޔާގައި މިހާރު ކިޔަވައިދެމުންގެން ދަނީ އެހެން ސްކޫލުތަކުގެ ޓީޗަރުން ގެނެސްގެންނެވެ.

އަރަބިއްޔާގެ ދަރިވަރުން މި އަހަރު ފަހުކޮޅު ޝަހާދާ ސާނަވިއްޔާ އިމްތިހާންގައި ބައިވެރިވާން ޖެހޭތީ އެ ކުދިންގެ ކިޔެވުން އެންމެ ދުވަހެއް ވެސް ގެއްލުމަކީ ބެެލެނިވެރިން ވަރަށް ކަންބޮޑުވާ ކަމެކެވެ.

"އެ ދަރިވަރުން އެބަ ކިޔަވާ 17، 18 މާއްދާ. ޓީޗަރުން ލަސްވާ ކޮންމެ ދުވަހަކާ ހުރެ އެތަކެއް ފިލާވަޅުތަކެއް ގެއްލިގެން ދަނީ،" އެ ސްކޫލުގެ ބެލެނިވެރިޔެއް ބުންޏެވެ.

comment ކޮމެންޓް