ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ

ޑިފެންސް މިނިސްޓަރު މާރިޔާ: މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު "ޕޮރޮގްރެސިވް ކޮންގޮރެސް" ކޯލިޝަން ގައި ހިމެނޭ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި އިދިކޮޅުމައި ޕާޓީ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ކޯޓަށް ހާޒިރު ކުރުމާ ގުޅިގެން ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިއްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ، ޕިޕީއެމް އާއި ކޮންގްރެސް ޕާޓީގެ ފަރާތުން މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހަފްތާގައި މަޖިލީހަށް ވައްދާނެ ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް މި ފައްޓަނީ. ދެން ނުތިބޭނަން އެހާ ފަސޭހަކޮށް. އަޅުގަނޑުމެން އެންމެ ފުރަތަމަ ދެން ކުރާނެ ކަމަކީ [ޑިފެންސް މިނިސްޓަރު] މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިސް ތަޅުމަށް ވައްދާނަން،" އަދުރޭ ވިދާޅުވިއެވެ.

"ޕީޕީއެމްއާއި ޕީއެންސީ އިސްނަގައިގެން މިހާރު މި ވައްދަނީ ޑިފެންސް މިނިސްތަރު މާރިޔާ ގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިރާދަކުރެއްވިޔާ ކުރިއަށް އޮތް ހަފްތާ ތެރޭ މި މައްސަލަތައް މަޖިލީހުގެ ތަޅުމަށް[ވައްދާނަން]،"

އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ބޭރުބަޔަކަށް ދޫކޮށްލުމަށް ވިދާޅުވެފައި މިނިސްޓަރު މާރިޔާއަށް މަގާމުގައި ނުހުންނެވޭނެ ކަމަށާއި މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ.

ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މަރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަަމަށް އަބްދުއްރަހީމް ވިދާޅުވި -- ސަން ފޮޓޯ

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވަނީ ކީއްތޯވެސް ވަރަށް ގާތުން ބަލާނެ ކަމަށާއި ބެލުމަށްފަހު ފަހަރަކު މީހެއްގެ ފަހަތުން ދުވެ، އެމިނިސްޓަރުން ހަމަ މަގަށް އަޅުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލާނަން ރާއްޖޭގެ ހާރިޖީ ވަޒީރު ކުރައްވަނީ ކީއްތޯ ވެސް، ދައްކަނީ ކޮން ވާހަކަތަކެއްތޯ ވެސް. ބަލާފައި ގެންދާނީ ހަމަ ފަހަރަކު މީހެއް ފަހަތުން އަޅުގަނޑުމެން ދާނަން. އެމީހާ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. ކުރިއަށް ވުރެ އިދިކޮޅުގައި ތިބެން އަޅުގަނޑުމެން ފަރިތަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިދިޔަ މަހު 30 ވަނަ ދުވަހު އިންޑިއާގެ ގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވެފައި ވަނީ، އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފިދާނެ ކަމަށެވެ.

ބައެއް މީހުންގެ ފާޑުކިޔުން އެވާހަކަތަކަށް އަމާޒުވެ، މިނިސްޓަރު މާރިޔާ ދެއްކެވި ވަހާކަތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

https://sun.mv/115312

މިމަހުގެ ހަތް ވަނަ ދުވަހު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މަރިޔާ އިންޑިއާ ނޫހަށް ދެއްވި އިންޓަވިއުގެ ޚަބަރު ފަތުރާފައި ވަނީ އާންމު ރައްޔިތުންނަށް މާނަ އޮޅޭގޮތަށް ކަމަށެވެ.

އެ ވާހަކަތަކުން ބައެއް އުނިކޮށްގެން ފަތުރަމުންދާ ހަބަރުތަކަކީ، "ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވައިލައި، ސިޔާސީ މަންފާ ހޯދުމަށް،" ފަތުރަމުންދަ ހަބަރުތަކެއް ކަމަށެވެ.

comment ކޮމެންޓް