ގާނޫނުތައް ތަންފީޒުކުރާ މިންވަރު ބަލަން ޖެންޑާ މިނިސްޓަރު މުއައްސަސާތަކަށް

ގާނޫނުތައް ތަންފީޒުކުރާވަރު ބަލަން ޖެންޑާ މިނިސްޓަރު މުވައްސަސާތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން---ފޮޓޯ؛ ޖެންޑާ މިނިސްޓްރީ

ގާނޫނުތަކުން އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ތަންފީޒުކުރާ މިންވަރު ބެއްލެވުމަށްޓަކައި ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

މިނިސްޓަރު ޝިދާތާ މިއަދު ވަނީ ކަސްޓަމްސްއާއި އެސްޓީއޯ އަދި އަދި އެލައިޑް އިންޝުއަރެންސްއަށް ވަޑައިގެން، މެނޭޖްމަންޓާއި އަންހެން މުވައްޒަފުންނާ ބައްދަލުކުރައްވައި، ޖެންޑާ އިކުއަލިޓީގެ ގާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރާ މިންވަރު އޮޅުން ފިލުއްވައިފައެވެ.

އެ ޒިޔާރަތުގައި މިނިސްޓަރ ޝިދާތާ ވަނީ ވަޒީފާގެ މާހައުލުގައި އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތަކާއި ނިންމުން ނިންމާ ފެންވަރުގެ މަގާމުތަކަށް އަންހެނުން ދިޔުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވައިފައެވެ.

ގާނޫނުތައް ތަންފީޒުކުރާވަރު ބަލަން ޖެންޑާ މިނިސްޓަރު މުވައްސަސާތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން---ފޮޓޯ؛ ޖެންޑާ މިނިސްޓްރީ

ރާއްޖޭގެ އާބާދީގައި އަންހެނުންގެ ނިސްބަތަކީ ގާތްގަނޑަކަށް ފިރިހެނުންނާ އެއް ހަމައެއްކަން ފާހަގަކުރައްވައި، ޝިދާތާ ވިދާޅުވީ ތައުލީމު ހާސިލުކުރާ އަންހެން ކުދިންގެ ނިސްބަތް ފިރިހެން ކުދިންނަށް ވުރެ އިތުރު ކަމުގައި ވިޔަސް، އެ ކަންކަން ވަޒީފާގެ މާހައުލުގައި ނުފެންނަ ކަމަށެވެ.

އަދި އެ ބާވަތުގެ ތަފާތުތައް ހައްލުކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހޭ ނަމަ، އެ ކަމަށް ވެސް ގަދައަޅައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް