ކޭޓީ ޕެރީގެ އެންގޭޖްމަންޓް އަނގޮޓި އަކީ ފަސް މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓިއެއް!

ކޭޓީ ޕެރީ އާއި އޯލަންޑޯ---

ލޯބިވެރިންގެ ދުވަހު އެންގޭޖްވި ކޭޓީ ޕެރީ 34، އާއި އޭނާގެ ލޯބިވެރިޔާ ފިލްމީ ތަރި އޯލަންޑޯ ބްލޫމް 42،ގެ އެންގޭޖްމަންޓުގައި އެންމެން ވެސް އެންމެ އަޅައިގަތީ ކޭޓީގެ އަނގޮޓިއަށެވެ.

ދެތަރިން އެންގޭޖްވިކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާންކުރި އިރު ގިނަ ބަޔަކު ވަނީ އެ ފޮޓޯއަށް ކޮމެންޓްކޮށްފަ އެވެ. ދެތަރިންނަށް މަރުހަބާ ކިޔާފައިވާ އިރު ބައެއް މީހުން ވަނީ އަނގޮޓި އާ ބެހޭ ގޮތުން ސުވާލު ވެސް އުފައްދައިފަ އެވެ.

ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި އޯލަންޑޯ ކެޓީގެ އަތުގައި އެޅުވި އަނގޮޓިއަކީ ފަސް މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓިއެކެވެ. ޑައިމަންޑާއި ރޫބީ ބޭނުންކޮށްގެން އަނގޮޓި ޖަރީކޮށްފައިވާ އިރު އެ އަނގޮޓި އަކީ ޝާހީ އާއިލާއެއްގެ ކައިވެންޏެއްގައި ބޭނުންކުރި އަނގޮޓި އާ ދާދި އެއްގޮތަކަށް ފަރުމާކޮށްފައިވާ އަނގޮޓިއެއް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

View this post on Instagram

full bloom

A post shared by KATY PERRY (@katyperry) on

ކޭޓީ އާއި އޯލަންޑޯ ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ އަނެއް އަހަރު ރުޅިވި ނަމަވެސް އަނެއްކާ ވެސް އެދެމީހުން ގުޅުނެވެ.

ކޭޓީ ކުރިން އިނދެގެން އުޅުނީ ކޮމީޑިއަން ރުސެލް ބްރޭންޑް އާ އެވެ. އަދި އޯލަންޑް ކުރިން އިނީ މިރަންޑާއާ އެވެ. އެދެމީހުންނަށް ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.

comment ކޮމެންޓް