400،000 ރުޕީސްގެ ވަގު ފައިސާއާ އެކު ލަންކާއިން މީހަކު ހައްޔަރުކޮށްފި

ލަންކާ މީހެއްގެ އަތުން ފެނުނު ވަގު ފައިސާގެ އަގު 400،000 ރުޕީސްއަށް އަރާ -- ފޮޓޯ: އޮންލަންކާ

ކޮލަމްބޯ (ފެބްރުއަރީ 17): ސްރީ ލަންކާއިން 400،000 ރުޕީސް (5،507 ޑޮލަރު)ގެ އަގު ހުރި ވަގު ފައިސާއާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ނޫހެއްގައިވާ ގޮތުން 40 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ ބިޔަގަމާއިންނެވެ. އަދި އެމީހުންގެ އަތުން ފެނުނު ފައިސާގެ ތެރޭގައި 5،000 ރުޕީސްގެ 38 ނޯޓާއި 1000 ރުޕީސްގެ 300 ނޯޓާއި 500 ރުޕީސްގެ 165 ނޯޓު ހިމެނެ އެވެ.

ފުލުހުން ބުނި ގޮތުގައި އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ޕްރިވެންޝަން ޑިވިޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރު ކުރި އެމީހާއަކީ މަލްވާނާއަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ މިއަދު ކޯޓަށް ހާޒިރު ކުރާނެ އެވެ.

comment ކޮމެންޓް