އެމްޕީއެލްގެ ޗެއާމަނަކަށް ނަޒާކީ ޒަކީ އައްޔަންކޮށްފި

ޒަކީ ކަނާތުން ތިން ވަނާގައި --

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަން އަކަށް، ވިޔަފާރިވެރިޔާ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އައްޔަންކޮށްފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲގެ މުޝީރުކަން ފުރުއްވަމުން ގެންދަވާ ނަޒާކީ ޒަކީ މިއަދު "ސަން" އަށް ވަނީ އޭނާ އެ މަގާމަށް އައްޔަން ކުރެއްވި ކަން ކަަށަވަރުކޮށްދީފަ އެވެ.

ނަޒާކީ ޒަކީ "ސަން" އަށް ވިދާޅުވީ، ވިޔަފާރިވެރިންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ޕޯޓުގެ ޖާގައިގެ ދަތި ކަމަށް އޭނާ ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޒަކީ ވިދާޅުވީ، މާލޭ ޕޯޓުން މުދާ ބޭލުން ލަސްވުމުގެ ސަބަބުން، ބޭރުގެ ކުންފުނިތަކަށް މިލިއަނުން ޑޮލަރުގެ ގެއްލުންވާ ކަމަށާއި އެކަމުގެ ސަބަބުން އެ ކުންފުނިތައް ރާއްޖެ ދަތުރު ކުރުން ހުއްޓާލުމުގެ މައުހަލާގައިވާ ކަމަށެވެ.

މާލޭ ޕޯޓުގެ ޖައިގައިގެ ދަތިކަން ހައްލެއް ގެނައުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ތިލަފުށީގައި ބައިނަލްއަގުވާމީ ޕޯޓެއް އެޅުމަށް ނިންމައިފަ އެވެ. އަދި އެ ޕޯޓުގެ މަސްޓާ ޕްލޭން ހެދުމަށް ބަޔަކު ހޯދުމަށް މިދިޔަ ހަފްތާ ތެރޭ ވަނީ އިއުލާން ކޮށްފަ އެވެ.

comment ކޮމެންޓް