ގަތަރުގެ ޖާޒީއެއް ލައިގެން ނުކުތުމުން ޖަލަށް ލައި ތަޅައި އަނިޔާކޮށްފި

އަލީ އިއްސާ އަހްމަދު ހައްޔަރުކޮށް ޖަލަށް ލާފައި ވަނީ ގަތަރުގެ ޖާޒީއެއް ލައިގެން އުޅުމުން -- ފޮޓޯ / އަލްޖަޒީރާ

އިނގިރޭސި ވިލާތުގެ ރައްޔިތަކު ގަތަރުގެ ޖާޒީއެއް ލުމުގެ ކުށުގައި ޖަލަށް ލައި ތަޅާ އަނިޔާކޮށްފި ކަމަށް އިނގިރޭސިވިލާތުގެ ރިޕޯޓުތަކަކުން ބުނެފި އެވެ.

ވޭތުވެ ދިޔަ މަހު އެކުވެރި އަރަބި ދައުލަތުގައި (ޔޫއޭއީ) ކުޅެވުނު އޭއެފްސީ މުބާރާތުގެ ފައިނަލުގައި ގަތަރާއި ދެކުނު ކޮރެއާ ބައްދަލު ކުރި މެޗުގައި ގަތަރަށް ސަޕޯޓް ކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އަލީ އިއްސާ އަހްމަދު ވަނީ މެޗު ބަލަން ގޮސްފަ އެވެ.

ޔޫއޭއީ އަށް ޗުއްޓީ ހޭދަކުރަން ގޮސްފައި އުޅުނު އަހްމަދަށް

އެ ގައުމުގައި ގަތަރަށް ސަޕޯޓް ކުރުމާއި ގަތަރު ޕުރޮމޯޓް ކުރުމަށް އެއްވެސް ހަރަކާތެއް ހިންގުމަކީ ކުށެއްކަން ނޭނގޭ ހާލު ޖެހިގެން އައި ދުވަހު ވެސް އޭނާ ގަތަރުގެ ޖާޒީ ލައިގެން މަގުމައްޗަށް ނުކުތެވެ. ނަމަވެސް ޔޫއޭއީގެ ރައްޔިތުންތަކެއް އޭނާ ލައިގެން ހުރި ޖާޒީގެ ސަބަބުން އޭނައާ ދިމާކޮށް ތަޅާ އަނިޔާ ކުރިއެވެ.

"އެމީހުން އަހަރެންގެ ގައިގައި ވަޅިން އަޅާ ތަޅާ އަނިޔާ ކުރި. އަހަރެންނަށް ނޭނގެ ވަކި ޖާޒީއެއް ލަމަކީ ކުށެއް ކަމެއް." ގާޑިއަން ނޫސްއަށް ދިން އިންޓަވިއު އެއްގައި އަހްމަދު ބުނެފައިވެ އެވެ.

އެ މައްސަލަ އޭނާ ޕޮލިހަށް ވަގުތުން ރިޕޯޓް ކުރުމުން ޕޮލިހުން އައިސް އެ މައްސަލަ ބަލާނެ ކަމަށް ބުނެ އޭނާގެ އަތުގައި އޮތް ގަތަރު ޖާޒީ އަތުލި ކަމަށާއި ލިބުނު އަނިޔާތަކަށް ފަރުވާ ދޭން ހޮސްޕިޓަލްއަށް އޭނާ ގެންދެވުނު ކަމަށް އަހްމަދު ބުންޏެވެ.

އަރަބި ބައެއް ގައުމުތަކުން ވަނީ ގަތަރާއި ދޭތެރޭ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅު އަޅައިފަ އެވެ. ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އަދި ބަހްރެއިންގެ އިތުރުން މިސްރުން ގަތަރާއި ދެމެދުގައިވާ ގުޅުން ކަނޑާލާފައި ވަނީ ގަތަރުން ޓެރަރިޒަމް އަށް ތާއީދު ކުރާ ކަމަށް ބުނެ އެވެ. އެ ގައުމުތަކުގައި ގަތަރު ޕުރޮމޯޓް ކުރުމަށް ހަރަކާތް ހިންގުމަކީ ގާނޫނީ ކުށެކެވެ.

ޔޫއޭއީގެ ރައްޔިތުން އަހުމަދުއަށް ކުރި އަނިޔާތަކަށް ފަރުވާ ހޯދަމުން ދިޔަ ވަގުތު އެ ގައުމުގެ ސިފައިން އައިސް އަހުމަދު ހައްޔަރު ކުރި އެވެ. އަދި ފުލުހުންނަށް ދޮގު މައުލޫމާތު ދިނުމާއި ފުލުހުންގެ ވަގުތު ނަގާލި ކަމުގެ މައްސަލާގައި އޭނާ އަރަބި ޖަލެއްގައި ބަންދު ކުރި އެވެ.

އަރަބި ޖަލުގައި އަހުމަދު އުޅެން ޖެހުނީ އަދި މާ ހާލުގަ އެވެ. އޭނާ ގަޔަށް ވަޅި ހަރައި ތަޅާ އަނިޔާ ކުރުމުގެ އިތުރުން ނިދުމުން ވެސް އޭނާ މަހުރޫމް ކުރި އެވެ. އަދި ދުވާލަކު އެއް ފަހަރު ފިޔަވައި ކެއުން ވެސް ނުދެ އެވެ. މި ހާލުގައި އޭނާ އުޅެމުން ދިޔަ އިރު އެ މީހުންގެ ކިބައިން ސަލާމަތް ވުމަށް ޓަކައި އަހުމަދު އަމިއްލައަށް މަރުވާން ވެސް އުޅުނު ކަމަށް އޭނާ ބުންޏެވެ.

އަހުމަދު އަރަބި ޖަލުން ދޫކޮށްލާފައި ވަނީ އިނގިރޭސި ވިލާތުގެ އެންބަސީގެ އެދުމުގެ މަތީން މި މަހު 12 ވަނަ ދުވަހު އެވެ. އަދި އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ މައްސަަލަ ބަލަމުންދާ ކަމަށް އިނގިރޭސި ވިލާތުން ވަނީ ބުނެފަ އެވެ.

އިނިގރޭސި އެންބަސީއަށް އަހުމަދުގެ ހަބަރު ލިބުނު އިރު އެނާއަށް ވަނީ އެތައް ހުކުމެއް ކޮށް އުމުރު ދުވަހުގެ ޖަލު ހުކުމުއް ކުރުމަށް މުއްދަތު ޖަހައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް