ސެމްސަންގުގެ އާ ޓެބްލެޓަކީ މިހާތަނަށް ނެރޭ އެންމެ ތުނި ޓެބްލެޓް

ސެމްސަންގުން އަލަށް ނެރޭ ޓެބް --

ސެމްސަންގުން އަލަށް ނެރޭ ޓެބްލެޓަކީ މިހާތަނަށް ނެރޭ އެންމެ ތުނި ޓެބްލެޓުކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސެމްސަންގު ގެލެކްސީ ޓެބް އެސް5އީ އަކީ 10.5 އިންޗީގެ ޓެބްލެޓެކެވެ. މި ޓެބްގެ ބޮޑީއަށް ބަލާއިރު މިއީ ތުނި އަދި ލުއި ޓެބަކަށް ވާނެ އެވެ. އަތަށްވެސް އަދި ޖީބަށް ވެސްމެ އެވެ.

ސެމްސަންގުގެ އެހެން ޓެބްލެޓުތަކުގެ އަގާ ބަލާއިރު މި ޓެބްލެޓުގެ އަގު ހެޔޮވާނެ އެވެ. އަގު އުޅޭނީ 400 ޑޮލަރާ ހިސާބުގަ އެވެ. އާންމުކޮށް ސެމްސަންގުގެ ޓެބުތަލުގެ ސްޓާޓިން ރޭޓަކީ 600 ޑޮލަރުން މައްޗެވެ.

މި ޓެބްލެޓުގެ ސްކްރީން ބޮޑީ ވެސް ބޮޑުކޮށްފައިވާ އިރު މިއީ މިޑްރޭންޖުގެ ވަރުގަދަ އުފެއްދުމެކެވެ. ބޭނުންކޮށްފައި ވަނީ ސްނެޕްޑްރެގަން 670 ޕްރޮސެސަރެކެވެ. ބެޓެރީ ލައިފް އަކީ 14.5 ގަޑިއިރެވެ.

މި ޓެބުގައި 13 މެގަޕިކްސެލްގެ ބެކް ކެމެރާއަކާއި އަށް މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެއް ވަނީ ހިމަނައިފަ އެވެ. މި ޓެބު ބާޒާރަށް ނެރޭނީ އަހަރު މެދުތެރޭގަ އެވެ. އަޅު އަޅި އަދި ލިމިޓެޑްކޮށް ގޯލްޑް ކުލައިން ވެސް ޓެބު ބާޒާރަށް ނެރޭނެ އެވެ.

comment ކޮމެންޓް