ޕްރިޔަންކާ ބަނޑުބޮޑީތަ؟

ޕްރިޔަންކާ ޗޯޕްރާ---

ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ 36، ފުރަތަމަ ދަރިފުޅަށް ބަލިވެއިން ކަމަށް ބުނެ ވާހަކަތައް ދެކެވެން ފަށައިފި އެވެ.

ޕްރިޔަންކާ ބަނޑުބޮޑު ކަމަށް އަޑު ފެތުރިފައި މިވަނީ ނިއުޔޯކް ފެޝަން ވީކްގައި އޭނާ ލީ ހެދުމުގެ ސަބަބުންނެވެ.

ޕްރިޔަންކާ ދާދި ފަހުން ބުނީ ދަރިއެއް ހޯދަން ރާވާ ކަމަށާއި އެކަމަކު ވަގުތު އައިސްޖެހުމުން ދަރިއެއް ވެސް ހޯދާނެ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިޔަންކާ ބަނޑުބޮޑުކަން ރަސްމީކޮށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

ޕްރިޔަންކާ އާއި ހޮލީވުޑް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސް 25، ކައިވެނިކުރީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

ޕްރިޔަންކާ އާއި ނިކް ލޯބީގެ ގޮތުން ގުޅުނީ މިދިޔަ އަހަރުގަ އެވެ.

ދެތަރިން ރަސްމީކޮށް އެންގޭޖްކުރިކަމަށް އިއުލާންކޮށްފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ.

comment ކޮމެންޓް