އެކްޓަރު އާރްޔާގެ ކައިވެނި އަންނަ މަހު؟

އާރްޔާ އަދި ސަޔޭޝާ--

އެކްޓަރު، ޕްރޮޑިއުސަރު ޖަމްޝަދް ކެތިރަކަތު (އާރްޔާ) އަންނަ މަހު ކައިވެނިކުރާނެ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފި އެވެ.

އަންނަ މަހު އޭނާ ކައިވެނި ކުރަން ނިންމީ އޭނާގެ ލޯބިވެރިވާ ފިލްމީތަރި ސަޔޭޝާ ސައިގަލް އާއެވެ.

ލޯބިވެރިންގެ ދުވަހާ ދިމާކޮށް އާރްޔާ ކުރި ޓްވީޓްގައި ބުނީ އަންނަ މަހު ކައިވެނުކުރަން ނިންމާފައިވާ ކަމަށެވެ.

ކައިވެނިކުރަން ނިންމި ނަމަވެސް ތާރީހެއް އާރްޔާ ހާމަކޮށްފައެއްނުވެ އެވެ.

ބައެެއް ރިޕޯޓްތައް ބުނާ ގޮތުގައި ދެތަރިން ކައިވެނި ކުރާނީ ހައިދުރައާބާދުގަ އެވެ.

އާރްޔާ އާއި ސަޔޭޝާ ލޯބީގެ ގޮތުން ގުޅުނީ ފިލްމު ގަޖްނީކާންތު އިންނެވެ.

comment ކޮމެންޓް