ވޯޓާސް ލިސްޓަށް ބަދަލު ގެނެސް އަލުން ޝަކުވާއަށް ހުށަހަޅައިފި

މީގެ ކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ކަރުދާސް ގުނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޕްރީލް ހަވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހު އަލުން ލިސްޓު އާންމުކޮށް ޝަކުވާއަށް ފުރުސަތު ހުޅުވާލައިފިއެވެ.

ވޯޓާސް ލިސްޓު އެންމެ ފުރަތަމަ އާންމުކުރީ ޖެނުއަރީ މަހުގެ 29 ގައެވެ.

އެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ބަލައި ލިސްޓަށް ބަދަލު ގެނެސް މިއަދު އަލުން ގެޒެޓު ކޮށްފައިވާ އިރު، މިއަދު އާންމު ކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 26ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

މީގެ ކުރިން ހުޅުވާލި ފުރުސަތުގައި 1256 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ލިސްޓަށް ޝަކުވާ ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށްވެސް ޝަކުވާ ބަލައިގަންނާނެއެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ފުރުސަތު ބަންދު ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. މިހާތަނަށް 183 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.

މަޖިލީހުގެ އިންތިހާބުގައި 87 މެންބަރުން އިންތިހާބު ކުރާނެއެވެ.

ވޯޓާސް ލިސްޓަށް ގެނެވުނު ބަދަލު

comment ކޮމެންޓް