ހަތަރު ގަޑިއިރު ތެރޭގައި 154 އުޅަނދު ޗެކުކުރި، 41 މީހުންގެ ލައިސަންސް ނެތް!

ޓްރެފިކް ފުލުހުންތަކެއް މަގެއްގައި މަޑުކޮށްލައިގެން: ރޭ ޓްރެފިކް ފުލުހުން ހިންގި އޮޕަރޭޝަންއެއްގައި 154 އުޅަނދު ބަލާ ފާސް ކުރި އިރު، 41 މީހެއްގެ ލައިސެންސް ނެތް -- ސަން ފައިލް ފޮޓޯ

ފުލުހުން ރޭ މާލޭގައި ހިންގި ޓްރެފިކް އޮޕަރޭޝަންގައި 154 އުޅަނދު ޗެކުކުރި އިރު، ސައިކަލު ދުއްވި 41 މީހުންގެ ލައިސެންސެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ 9:00 ދަންވަރު 1:00 އަށް ފުލުހުންވަނީ މާލޭގައި ދެއްވާ އުޅަދުތައް ބަލައި، އެ އުޅަދުތަކާއި ދުއްވާ މީހުންނަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތައް ދުއްވާ އެއްޗެހި ތޯ ބާލައި ފާސް ކޮށްފައެވެ.

ފުލުހުންގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ ފުލުހުން މި އޮޕަރޭޝަންގައި 154 އުޅަނދު ހުއްޓުވާ ބަލައި ފާސްކުރި އިރު. 134 މީހުންނަކީ ގަވާއިދާ ހިލާފަށް ދުއްވާ މީހުން ކަމަށެވެ. އޭގެ ތެރޭގައި ލައިސެންސް ނެތް 41 މީހަކު ހިމެނެއެވެ.

ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، 154 އުޅަނދުގެ ތެރެއިން 24 މީހެއްގެ ލައިސެންސް ހިފަހައްޓާ 18 ސައިކަލު ޓޯކުރި ކަމަށެވެ.

ގާނޫނުގައި ބުނާގޮތުން އެއްގޮތަކަށް ވެސް ލައިސެންސް ނެތި ސައިކަލު ދުއްވައިފި ނަމަ، ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރެވޭ އަދަދަކީ 1،000 ރުފިޔާއެވެ. ދެން އެމީހަކު ހިފަހައްޓާ ކޮންމެ ފަހަރަކު ޖޫރިމަނާ ކުރާ އަދަދަކީ 1،500 ރުފިޔާއެވެ. ލައިސެންސް އޮންނަ މީހަކު ފުލުހުން ޗެކުކުރާ އިރު ލައިސެންސް ނެތްނަމަ ޖޫރިމަނާކުރާ އަދަދަކީ 750 ރުފިޔާއެވެ.

comment ކޮމެންޓް