އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގީ ރިޕޯޓު އާންމުކޮށްފި

ރައީސް ޔާމީނާއި އަދީބު --- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) ގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހިންގި ތަހުގީގުގެ ތަފްސީލު ރިޕޯޓު އެ ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

މި ރިޕޯޓުގައި ވަނީ އެ ކުންފުނީގެ ކޮރަޕްޝަންގެ ފައިސާ ޖަމާވި އެކައުންޓްތަކާއި އެ މީހުން ވަނަވަރު ހާމަ ކޮށްފައެވެ.

ހަތްސަތޭކަ ފަންސާސް ނުވަ ސަފްހާގެ މައްޗަށް އެކުލެވޭ މި ރިޕޯޓުގައި އެމްއެމްޕީއާރުސީން ވިއްކި ރަށްތައްވެސް ވަނީ ހިމަނާފައި ވެއެވެ.

މި ރިޕޯޓަކީ 2017 ވަނަ އަހަރު އެކުލަވާލައި ނެރުނު ރިޕޯޓެކެވެ. ނަމަވެސް މިހާތަނަށްވެސް އެ ރިޕޯޓު އޮތީ އާންމު ނުކޮށެވެ.

comment ކޮމެންޓް