މިލަންދޫގައި ފަކީރާއަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

މިލަންދޫގައި ފަކީރާއަކުން ޖަހާ ޒަހަމްކޮށްލި މީހާ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ށ. މިލަންދޫގައި ފަކީރާއަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.

މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒު މިރޭ "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހަވީރު 4:12 ގައި ކަމަށެވެ.

މިލަންދޫގައި ފަކީރާއަކުން ހަމަލާދީފައިވަނީ އެ ރަށު އިންޖީނުގޭގެ ކުރީގެ މެނޭޖަރު މުހައްމަދު ޝިޔާމަށެވެ.

ޝިޔާމް ވިދާޅުވީ، އޭނާއަށް ހަމަލާދީފައިވަނީ ސިޔާސީ ގޮތުން އޭނާ ދައްކާ ވާހަކަ 'ހަޖަމް' ނުވެގެން ކަމަށެވެ.

"އަސްލު ވީގޮތަކީ އޭނާއަށް ހަޖަމް ނުވަނީ ސިޔާސީ ގޮތުން އަޅުގަނޑު ދައްކާ ވާހަކަ. މީގެ ކުރިން ވެސް ވަރަށް ޒުވާބު ކުރާނެ. ދެން މިއަދު އަޅުގަނޑު ގޭގައި ހުއްޓާ ފަކީރާއަކުން ހަމަލާދިނީ،" ޝިޔާމް ވިދާޅުވި އެވެ.

ފަކީރާއިން އޭނާއަށް ހަމަލާ ދިނުމުގެ ސަބަބުން ކަނާއަތަށް އަނިޔާވިކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ހޯދިކަން ވެސް ޝިޔާމް ފާހަގަކުރެއްވި އެވެ.

އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފަ އެވެ.

comment ކޮމެންޓް