ބަފްޓާ އެވޯޑްސް: އެންމެ މޮޅު ފިލްމުގެ އެވޯޑު "ރޯމާ"އަށް، އެކްޓަރަކަށް ރަމީ!

އެވޯޑު ހާސިލްކުރި ބައެއް ތަރިން---

މި އަހަރުގެ 72 ވަނަ ބަފްޓާ އެވޯޑްސްގައި އެންމެ މޮޅު ފިލްމަކަށް މެކްސިކޯގެ "ރޯމާ" ހޯދައި އެންމެ މޮޅު އެކްޓަރުގެ މަގާމު ގޯލްޑެން ގްލޯބް އެވޯޑުގައި އެ މަގާމު ކާމިޔާބުކުރި "ބޮހީމިއަން ރާޕްސޮޑީ" ގެ އެކްޓަރު ރަމީ މާލިކަށް ލިބިއްޖެއެވެ.

"ރޯމާ" އަހަރުގެ އެންމެ މޮޅު ފިލްކަށް ހޮވުނު ނަމަވެސް ފިލްމު "ދަ ފެވަރިޓް"އަށް ވަނީ ގިނަ އެވޯޑުތަކެއް ލިބިފައެވެ. އެ ފިލްމަށް ވަނީ ހަތް އެވޯޑު ލިބިފައެވެ.

އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް، އެންމެ މޮޅު ފިލްމުގެ މަގާމް، އެންމެ މޮޅު ސިނަމޯގްރަފީ އަދި އެންމެ މޮޅު ބޭރު ފިލްމުގެ ބަފްޓާ އެވޯޑު ވެސް ގެންދިޔައީ އެންމެ މޮޅު ފިލްމުގެ މަގާމު ހޯދި "ރޯމާ" އާއި އޭގެ ޑައިރެކްޓަރު އަލްފޮންސޯ ކުއަރޯ އެވެ.

އެންމެ މޮޅު ވިޝުއެލް އިފެކްޓްސްގެ އެވޯޑް "ބްލެކްޕެންތާ" އަށް ވަނީ ލިބިފައެވެ. އަދި އެންމެ މޮޅު ބަތަލާގެ އެވޯޑު "ދަ ފޭވަރިޓް"ގެ އޮލީވިއާ ކޮލްމަންއަށް ވަނީ ލިބިފައެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމު ކާމިޔާބުކުރީ ގޯލްޑެން ގްލޯބުގައި ވެސް އެ ކެޓަގަރީ ކާމިޔާބުކުރި މެހެރްޝާލާ އަލީ އެވެ.

އެ އެވޯޑު ހަފްލާ ހޯސްޓް ކުރީ އިނގިރޭސި ބަތަލާ ޖޮއާނާ ލަމްލީ އެވެ.

comment ކޮމެންޓް