ފީވަކުން ހޮވި ބޮޑު "މާވަހަރު"ގެ ސާމްޕަލް ބޭރަށް ފޮނުވައިފި

ދޯންޏަކުން ހޮވި މާވަހަރު ކަމަށް ބެލެވޭ އެއްޗެއް --- ސަން ފޮޓޯ: އަބްދުﷲ

ށ. ފީވަކުން ދާދި ފަހުން ހޮވި 82 ކިލޯގެ މާވަހަރެއް ކަމަށް ބެލެވެނު އެތި، މާވަހަރެއްތޯ ޔަގީންކުރުމަށް ޓެސްޓްކުރުމަށް ސާމްޕަލްތައް ބޭރަށް ފޮނުވައިފި އެވެ.

މާވަހަރު ހޮވި އަހުމަދު މަނިކު ވިދާޅުވީ މާވަހަރުގެ ސާމްޕަލް ބޭރަށް ފޮނުވައިފައިވާ ކަމަށާއި އަދި އޭގެ ނަތީޖާ ލިބެނެ މަސް ދުވަސްވަރު ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަހުމަދު މަނިކު އެ "މާވަހަރު" ހޮވީ ފަތިހު ޑިންގީއެއްގައި ވަދާ ގޮސް އުޅެނިކޮށެވެ.

ފީވަކު ކައުންސިލްގެ ނާއިބު ރައީސް ކުރި ވިދާޅުވީ އެއީ މާވަހަރެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

"ގިނަ މީހުން ބުނަނީ އެއީ ހަމަ މާވަހަރެކޭ. ދާދި ފަހުން މިއަތޮޅު ކޮމަންޑޫން ހޮވި މާވަހަރުން އެތިކޮޅެއް ގެެނެސްގެން ބެލި އިރު ވެސް އެ މާވަހަރާ އެއާ ވަރަށް ވައްތަރު." އާދިލް ވިދާޅުވި އެވެ. ފީވަކުން މީގެ ކުރިން ވެސް 300 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވެ އެވެ. އެ ފަހަރު އެއީ ސީދާ މާވަހަރަކަށް ނުވިޔަސް އެއީ ވެސް މާވަހަރުގެ ވައްތަރެއް ކަމަށް އާދިލް ވިދާޅުވި އެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން މާވަހަރު ހޮވަ އެވެ. އަދި ބައެއް ފަހަރު އެއް ފަހަރާ ބައެއް ރަށްރަށަށް ގިނަ އަދަދެއްގެ މާވަަހަރު ވެސް ލައްގާފައި އެބަ ހުއްޓެވެ.

comment ކޮމެންޓް