ހާޒިރީގެ މައްސަލައެއްގައި ބެޑްމެންޓަން ޓީމުން ނަބީހާ ސަަސްޕެންޑު ކޮށްފި

ގައުމީ ބެޑްމިންޓަން ޓީމްގެ ދެ ކުޅުންތެރިންކަމަށްވާ ނަބީހާ (ކ) އާއި ނަބާހާ --- ފޮޓޯ: ބީއޭއެމް

ގައުމީ އަންހެން ބެޑްމިންޓަން ޓީމު ކުޅުންތެރިޔާ އައިމިނަތު ނަބީހާ ހާޒިރީގެ އަހުލާގީ މައްސަލައަކާ ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ގައުމީ ޓީމުން ސަސްޕެންޑުކޮށްފި އެވެ.

ވޭތުވެ ދިޔަ އަހަރުގެ "މިހާރު އެވޯޑްސް"ގައި ރާއްޖޭގެ އެންމެ އުއްމީދީ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ އިތުރުން ތިން ވަނައަށް އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ނަބީހާ ގައުމީ ޓީމުން ސަސްޕެންޑްކޮށްފައި ވަނީ އަހުލާގީ މައްސަލައަކާ ގުޅިގެން ޓީމުގެ ކޯޗު ކަމަށް ޑްމިންޓަން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިފްޝާން މުހައްމަދު (އިއްޕަ) ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއަށް މެޑަލް ހޯދައިދިން އަންހެން ކުޅުންތެރިން --- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

އަދި އެ މައްސަލަ އިތުރަށް އެ އެސޯސިއޭޝަންގެ މެނޭޖްމެންޓުން ބަލަމުންދާ ކަމަށާއި ސްޕެންޝަންނާ މެދު ވަކި ގޮތެއް ނިންމާނީ އެ އަށް ފަހު ކަމަށް އިއްޕަ ވަނީ ވިދާޅުވެފަ އެވެ.

މީގެ ދެ ހަފްތާ ކުރިން ވަކި މުއްދަތެއް ނެތި ނަބީހާ ސަސްޕެންޑު ކޮށްފައި ވަނީ ޓީމުގެ ފަރިތަކުރުންތަކުގެ ހާޒިރީގައި ޖެހުނު މައްސަލައަކާ ގުޅިގެނެވެ. އެ މައްސަލާގައި ކޯޗާއި މެނޭޖްމެންޓް ކައިރިން އޭނާ މާފަށް އެދި ސިޓީއެއް ލިއެފައި ވާނެ ކަމަށް ނަބީހާ ބުނެ އެވެ.

ވަކި މުއްދަތެއް ނޭނގި ސަސްޕެންޑު ކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ކުރެވުނު ކުށަށް މާފަށް އެދިފައި ވާނެ ކަމަށް ނަބީހާ ބުނެފައިވާ އިރު މި އަހަރު އޮންނަ މުބާރާތްތަކުގައި އޭނާ އަށް ބައިވެރި ވެވޭނެ ކަމާ މެދު ވަނީ ޝައްކުތަކެއް އުފެދިފަ އެވެ.

ސަބަބެއް ކަމަށް އެސޯސިއޭޝަނުން ބުނީ، ބައިނަލް އަގުވާމީ މުބާރާތްތަކުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ 80 ޕަސެންޓް ހަމަ ނުވާ ކުޅުންތެރިންނަށް މުބާރާތުގައި ބަައިވެރި ނުވެވޭ ގޮތަށް ބެޑްމިންޓަން އެސޯސިއޭޝަން އިން ނިންމާފައި ވާތީ ކަމަށެވެ. އަދި ނަބީހާގެ ސަސްޕެންޝަނުގެ ސަބަބުން ކުރިއަށް އޮތް ފަރިތަކުރުންތަކުގައި އޭނާއަށް ބައިވެރި ނުވެވޭނެތީ އެ އިންސައްތައަށް އޭނާ އަށް ފަރިތަކުރުންތަކުގައި ބައިވެރި ވުމަކީ ނާދިރު ކަމެކެވެ.

ނަބީހާ އަކީ ގައުމީ އަންހެން ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގިނަ މެޑަލްތަކެއް ރާއްޖެ އަށް ހޯދައިދީފައިވާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް