ދިރާގުން 905 މިލިއަން ރުފިޔާ ހިއްސާދާރުންްނަށް ބަހަން ނިންމައިފި

ދިރާގު އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ސަން ފައިލް ފޮޓޯ

ދިރާގުގެ ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 905 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން އެ ކުންފުނިން ނިންމައިފި އެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 905 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އަދި ކޮންމެ ހިއްސާ އަކަށް 11.91 ރުފިޔާ ބަހަން ކުރިއަށް އޮތް އަހަރީ ޖަލްސާގައި ހުށަހަޅާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޖުމްލަ ފައިދާ ބެހިގެންވާ ގޮތަށް ބަލާ އިރު އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި 452،960،000 ރުފިޔާ ކަނޑައަޅައި ހިއްސާއަކަށް 5.96 ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ.

އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 452،200،000 ރުފިޔާގެ ތެރެއިން ހިއްސާއަކަށް 5.95 ރުފިޔާ ދިނުމަށް އާންމު ޖަލްސާގައި ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.

ދިރާގަށް އޭގޭ ކުރީ އަހަރު ފައިދާގެ ގޮތުގައި 897.6 މިލިއަން ރުފިޔާ ލިބުނު އިރު ހިއްސާއަކަށް 11.81 ރުފިޔާ ވަނީ ބަހައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް