މުސްތަފާގެ ބަންދަށް 10 ދުވަސް ޖަހައިފި

މުސްތަފާ

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މުލީއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި ބ. ތުޅާދޫ، ވިންޓާހައުސް، އަހުމަދު މުސްތަފާ މުހައްމަދުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ފުލުހުން އިއްޔެ މުސްތަފާ ހައްޔަރު ކުރީ، ފަތުރުވެރިކަމަށް ރަށެއް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމާއި ހެކިންނަށް ބިރުދެއްކި ކަމުގެ ތުހުމަތުގަ އެވެ.

އޭނާ ހައްޔަރުކޮށްފައި އިއްޔެ ހަވީރު ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ.

މުސްތަފާ ހައްޔަރުކޮށްފައިވާ އިރު ރައީސް ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނު ބޭނުންކުރެއްވުމަށް ސައުދީން ހަދިޔާ ކުރި ބުލެޓު ޕްރޫފް ކާރެއް އޭނާގެ ނަން މައްޗަށް ރެޖިސްޓްރީ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

comment ކޮމެންޓް