ވިލިނގިލީގައި މީހެއްގެ ބޮލަށް ވަޅި ޖަހައިފި

ގއ. އަތޮޅު ހޮސްޕިޓަލު ސަރަހައްދުން: އެރަށުން މީހަކަށް ވަޅިން ހަމަލާދީ އެ ހޮސްޓަލުގައި މީހަރު ދަނީ ފަރުވާ ދެމުން -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ގއ. ވިލިނގިލީގައި މީހެއްގެ ބޮލަށް ވަޅި ހަރައިފިއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި ވަޅި ހަރައިފައި ވަނީ އެމީހާގެ ބޮލަށާއި ކަރަށެވެ. އޭނާ އަށް މިހާރު ދަނީ އެ ރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން ފަރުވާދެމުންނެވެ.

ގއ. އަތޮޅު ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޝަމްވީލު މުހައްމަދު މިރޭ "ސަން" އަށް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދިން މީހަކު މިރޭ 10:45 ހާއިރު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭނާއަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 11:22 ހާއިރު އެވެ. ފުލުހުން ބުނީ އެ ހާދިސާގައި ޒަހަމް ވެފައިވެފައިވަނީ 28 އަހަރުގެ މީހަކުކަމަށެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތުހުމަތުގައި 28 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް