އެތްލެޓިކޯ ފަސޭހަކަމާ އެކު ބަލިކޮށް ރެއާލުން ދެވަނައަށް ޖެހިލައިފި

މިރޭ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް ބައްަލު ކުރި މެޗުގެ ތެރެއިން -- ފޮޮޓޯ / ޑޮމް ފެރަލް

ސްޕެނިޝް ލީގުގައި މިރޭ އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ވާދަވެރި ރެއާލް މެޑްރިޑުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ރެއާލް ކައިރިން އެތްލެޓިކޯ ބަލިވެފައި ވަނީ 1-3 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއި އެކު އެތްލެޓިކޯ ވަނީ ތިން ވަނައަށް ވެއްޓިފައެވެ. އަދި މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ރެއާލުން ވަނީ ކުޅުނު 23 މެޗުން 45 ޕޮއިންޓު ހޯދާ ދެވަނަ އަށް ޖެހިލާފައެވެ.

މިރޭ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް ބައްަލު ކުރި މެޗުގެ ތެރެއިން -- ފޮޮޓޯ / ޑޮމް ފެރަލް

މިރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހާ ލީޑު ނެގީ ރެއާލް މެޑްރިޑުންނެވެ. މެޗުގެ 16 ވަނަ މިނަޓުގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސަމީރޯ ގޯލުޖަހައިދީފައި ވާއިރު އޭގެ ހިނދުކޮޅެއް ފަހުން އެތްލެޓިކޯގެ އެންޓޮއިން ގްރީޒްމަން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ގޯލެއް ޖަހައި އަނބުރާ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން ރެއާލް ގެ ކެޕްޓަން ސާޖިއޯ ރަމޯސް ޖަހައިދިން މި ގޯލާއި އެކު އެތްލެޓިކޯ މެޑްރިޑް ގެ މުޅި ޓީމު ޕުރެޝަރަށް ދިޔައެވެ.

ދެވަނަ ހާފުގައި އެތްލެޓިކޯ ގެ ކުޅުންތެރިން ކުރިއަށް ޖައްސާ ގޯލު ޖަހަން މަސައްކަތް ކުރި ނަމަވެސް ރެއާލް ގެ ހިއްވަރާއި އެކު އެމީހުން ވަނީ އިތުރު ގޯލެއް ޖަހާ މެޗު ޔަގީން ކޮށްފައެވެ. ގެރެތް ބޭލް ކާމިޔާބު ކޮށްދިން މި ގޯލަކީ އޭނާ ރެއާލަށް ޖަހައިދިން 100 ވަނަ ގޯލެވެ.

މި މެޗަކީ ދެ ޓީމުން ވެސް ގިނަ ކާޑުތަކެއް ފެނި ގިނަ ހަމަ ނުޖެހުންތަކެއް އުފެދުނު މެޗެކެވެ. ޖުމްލަ 10 ރީންދޫ ކާޑާއި ރަތް ކާޑެއް މެޗުން ފެނިގެން ގޮސްފައިވެއެވެ.

މިދިޔަ ހަފްތާގައި ރެއާލުން ވަނީ މިވަގުތު ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާއި ލީގު ކަޕުގައި ވާދަކޮށް 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެފައެވެ. ސީޒަނުގެ ފުރަތަމަ ކޮޅު ގިނ މެޗުތަކަކުން ބަލވި ނަމަވެސް ފަހަކަށް އައިސް ރެއާލުން ކުޅުނު ގިނަ މެޗުތަކަުން އެ ޓީމު ވަނީ މޮޅުވެފައެވެ.

comment ކޮމެންޓް