މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ ހައްޔަރުކޮށްފި

ރައީސް ޔާމީންގެ ސަރުކާރުގައި މުލީއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި އަހުމަދު މުސްތަފާ -- ފޮޓޯ: ރާއްޖެއެމްވީ

ރައީސް ޔާމީންގެ ސަރުކާރުގައި މުލީއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި ބ. ތުޅާދޫ، ވިންޓާހައުސް، އަހުމަދު މުސްތަފާ މުހައްމަދު މިއަދު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މުސްތަފާ ހައްޔަރު ކުރީ، ފަތުރުވެރިކަމަށް ރަށެއް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމާއި ހެކިންނަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރު 16:00 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މުސްތަފާ މިއަދު ހައްޔަރުކޮށްފައިވާ އިރު ރައީސް ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނު ބޭނުންކުރެއްވުމަށް ސައުދީން ހަދިޔާ ކުރި ބުލެޓު ޕްރޫފް ކާރެއް އޭނާގެ ނަން މައްޗަށް ރެޖިސްޓްރީ ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.

comment ކޮމެންޓް