ފަހު ކުއާޓަރުގައި ދިރާގުގެ ފައިދާ 14 ޕަސަންޓު އިތުުރު

ދިރާގުން ރާއްޖޭގައި ސެމްސަންގްގެ ފޯނެއް ވިއްކަން ފެށުމުގެ ތެރެއިން -- ފޮޓޯ/ ދިރާގު

ނިމިދިޔަ 2018 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު ފައިދާ 14 ޕަސަންޓު އިތުރުވެފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތައް ދައްކައިފިއެވެ.

ދިރާގުން އާންމުކޮށްފައިވާ އެކުންފުނީގެ 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ މައުލޫމާތުތައް ހިމެނޭ ރިޕޯޓު ދައްކާ ގޮތުގައި އެ ކުއާޓަރުގައި ލިބުނު އާމްދަނީއަކީ 704.7 މިލިއަން ރުފިޔާއެވެ. މިއީ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު 46 މިލިޔަން ރުފިޔާގެ ކުރިއެރުމެކެވެ.

ކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ފަހު ކުއާޓަރުގައި ލިބުނީ 231.8 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު 13.9 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 203.4 މިލިއަން ރުފިޔާއެވެ.

ހަތަރުވަނަ ކުއާޓަރުގައި ދިރާގުން ޓެކްސްގެ ގޮތުގައި 41 މިލިއަން ރުފިޔާ ދައްކާފައިވާކަމަަށް މާލީ ރިޕޯޓުގައި ވެއެވެ.

ދިރާގުން ބުނި ގޮތުގައި ހަތަރުވަނަ ކުއާޓަރުގައި ރެވެނިއު އިތުރުވެގެން ދިޔައީ މޯބައިލް އަދި ފައިބާގެ ހިދުމަތްތަކުގެ އިތުރުން ވިޔަފާރީގެ އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް