ފުވައްމުލަކުގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ އުުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެ

ފުވައްމުލައް ސިޓީގެ މަގެއް: މިރޭ އެ ސިޓީގައި ވަނީ އެކްސިޑެންޓެއް ހިނގާފައި --ސަން ފައިލް ފޮޓޯ

ފުވައްމުކަލު ސިޓީގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ ފުވައްމުލަކު މިސްކިތްމަގު ބިނާ ކައިރިން ކާރަކާ ސައިކަލެއް ޖެހިގެން ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ހާދިސާގައި އަނިޔާވީ އުމުރުން 65 އަހަރުގެ މީހަކަށް ކަމަށެވެ. އަދި އެކްސިޑެންޓު ހިނގައި ދިޔަ އިރު އެމީހާ އިނީ ސައިކަލުގެ ފަހަތުގައި ކަމަށް ވިދާޅުވި އެެވެ. ސައިކަލުގެ ކުރިމަތީގައި އިން މީހާއަށް އަނިޔާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ، އެ ހާދިސާގައި އަނިޔާވި މީހާއަށް މިހާރު ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

މިއަދު އެ އެކްސިޑެންޓު ހިނގައި ދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 17:17 ހާއިރު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

comment ކޮމެންޓް