ޖެނިފާ ލޮރަންސް އެންގޭޖްވެއްޖެ

ޖެނިފާ އަދި އޭނާގެ ލޯބިވެރިޔާ---

ހޮލީވުޑްގެ ކާމިޔާބު ބަތަލާ ޖެނިފާ ލޮރޭންސް 28، އެންގޭޖްވެއްޖެއެވެ.

ޖެނިފާ އެންގޭޖްވެފައިވަނީ އޭނާގެ ލޯބިވެރިޔާ ކުކް މެރޮނީއާ 34، އެވެ. މިދިޔަ ހަފްތާގައި އެ ދެމީހުން އެންގޭޖްވިއިރު ކައިވެނިކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

ޖެނިފާ އާއި ކުކް އެންމެ ފުރަތަމަ ބައްދަލުވީ ޖެނިފާގެ ރައްޓެއްސެއް ކަމަށްވާ ލައުރާ ސިމްޕްސަން މެދުވެރިކޮށެވެ.

ޖެނިފާ އަކީ އޮސްކާ ހާސިލްކުރި ބަތަލާއެކެވެ. އޭނާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޑައިރެކްޓަރު ޑެރެން އެފްރޮނޯސްކީއާ އެވެ. އެދެމީހުންގެ ގުޅުމަށް ނިމުމެއް އައީ 2017 ވަނަ އަހަރުއެވެ.

comment ކޮމެންޓް