"ގޮށްރާޅު" ރެޑް ކާޕެޓް: އެންމެ ރީއްޗަށް ހެދުން އެޅީ ކާކު؟

ރެޑް ކާޕެޓުގައި އެންމެ ރީއްޗަށް ހެދުން އެޅި ދެ ފަންނާނުން---

ޑާކްރެއިންއެންޓަޓެއިންމަންޓްގެ އަހަރުގެ ފުރަތަމަ ފިލްމު އިއްޔެ ރޭ ވަނީ ކުލަގަދަ ހަފްލާއެއްގައި ޕްރިމިއާކޮށްފައެވެ. ރެޑް ކާޕެޓް ހަފްލާއަކަށްފަހު ފިލްމު ޕްރިމިއާކުރިއިރު އެންމެން ވެސް އެންމެ ބޮޑަށް އަޅައިގަތީ ފިލްމީ ތަރިން ލާފައި ހުރި ހެދުން ތަކަށެވެ. އާދައިގެ އެހާ ގޮތްބޮޑު ނޫން ހެދުންތަކެއްގައި މިފަހަރު އެ ތަރިން ފެންނައިރު ވަރަށް ޗާލެވެ. ތިރީގައި މި ހިމަނާލަނީ ރެޑް ކާޕެޓުގައި އެންމެ ނަލަކޮށް ހެދުން އެޅި ބައެއް ތަރިންގެ ފޮޓޯއެވެ.

އައިމިނަތު ރިޝްފާ

ރިޝްފާއަކީ ފިލްމުން ފެނިގެންދިޔަ ތަރިއެއް ނޫންނަމަވެސް އޭނާ ރެޑް ކާޕެޓް ހަފްލާއަށް ދިޔައީ ވަރަށް ޗާލުވެގެންނެވެ. ލެޕާޑް ޕްރިންޓުގެ ހެދުމެއް އޭނާ ލާފައިހުރި އިރު އިސްތަށިގަނޑު ވެސް ވަނީ ހެދުމާ ގުޅޭ ގޮތަށް ސްޓައިލްކޮށްލާފައެވެ. ގިނަ މީހުންގެ ލޮލުގައި އަޅައިގަތީ ރިޝްފާގެ ހެދުމެވެ.

ފެބްރުއަރީ 4، 2019: ދިވެހި ފިލްމް ގޮށްރާޅު ޕްރިމިއާރ ކުރުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަޝްފާ (އާޝާ)

ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެން ދިޔަ އާޝާއަށް ފިލްމު ޕްރިމިއާކުރި ރޭ ވަރަށް ހާއްސަ ވާނެކަން ޔަގީނެވެ. އޭނާގެ ފުރަތަމަ ފިލްމަށް ވުމުން އޭނާ ހުރީ ވަރަށް ހެދިލައިގެންނެވެ. މަޑު މުށިކުލައަކަށް ދާ ކުލައިގެ އެ ހެދުމުގެ ފަސްބައި ޖަރީކޮށްފައިވަނީ ލޭސްފޮތިންނެވެ. ކަންފަތުގައި ލައްވާފައިހުރި އެއްޗަކީ ވެސް ހެދުމާ އެންމެ ގުޅޭ ގޮތަށް އާޝާ ބޭނުންކޮށްފައި ހުރި ތަކެއްޗެވެ. އެންމެ ގިނަ މީހުންގެ ލޮލުގައި އަޅައިގެން އެއް ހެދުމަކީ އާޝާގެ ހެދުމެވެ.

ރަޝްފާ--- ފޮޓޯ/ ފޭސްބުކް

ތަސްނީމާ

ޑިޒައިނަރު ހުސައިން ޝަދިޔާން (ސޭންޑީ)ގެ ހުނަރު ތަސް ލާފައި ހުރި ހެދުމުން ހަމަ ރަގަޅަށްވެސް ހާމަވެއެވެ. ކަޅު ކުލައިގެ ހެދުމުގައި ކަޅު މިނާތަކެއް ވަނީ ހަރުކޮށްފައެވެ. އަދި ހެދުމާ ގުޅޭ ގޮތަށް އޭނާ ހުރީ ރަތް ކުލައިގެ ކްލަޗްއެއް ހިފައިގެންނެވެ. ކަޅަކީ މިފަދަ ރަސްމިއްޔާތަކަށް އެންމެ އެކަށޭނެ އެއް ކުލައެވެ. ހެދުން ތަސް އަށް ވަރަށް ހާއްސައެވެ. އެއީ އޭނާގެ ފުރަތަމަ ފިލްމުގެ ޕްރިމިއާ ރެއަށް އޭނާ ލީ ހެދުމަށް ވާތީއެވެ.

ތަސްނީމާ--- ފޮޓޯ/ ފޭސްބުކް

މަރިޔަމް އައްޒަ

ރެޑް ކާޕެޓްއިން އެންމެ އާދައިގެ ކޮށް އަދި އެންމެ ރީތިކޮށް ހެދުން އެޅި ފަންނާނަކަށް އައްޒަ ވާނެއެވެ. ތަފާތު ހެދުންތަކެއް އެކި ހަފްލާތަކުގައި އައްޒަ ލަމުން އަންނައިރު އެ ހަފްލާގައި އައްޒަ ލީ ހެދުން ތަފާތެވެ. ޑިޒައިނަރު ރަޒީގެ ޝޯލްޑާ ޓޮޕްގައި އައްޒަ މިފަހަރު ފެންނަލެ ތަފާތެވެ. ޖިންސް ލާފައިހުރި އިރު އަޅުވާލައިފައި ހުރި ބެލްޓް ވަނީ ދައްކާލާފައެވެ. ހެދުމާ ގުޅުވާފައި ހުރި ކަރުން ހެދުމުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ.

ފެބްރުއަރީ 4، 2019: ދިވެހި ފިލްމް ގޮށްރާޅު ޕްރިމިއާރ ކުރުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރިޔަމް މަޖުދާ (މަޖޫ)

ޑާކްރެއިން އާ އެންމެ ރަހުމަތްތެރި މޫނަކީ މަޖުދާއެވެ. އޭނާ އާންމުކޮށް ފެންނަނީ ބޮޑެތި ގައުން ލާފައި ހުންނަ ތަނެވެ. ނަމަވެސް ގޮށްރާޅުގެ ޕްރިމިއާ އިވެންޓުގައި އޭނާ ތަފާތެވެ. ހުދުކުލައިގެ ޓީޝާޓެއް ލާފައި ހުރި އިރު ތިރިން މަޖޫ ހުރީ ނޫކުލައިގެ ހަރުވާޅެކެވެ. ކަރުގައި އޮތް ކަޅުކުލައިގެ ފަށުން އޭނާގެ އައުޓްފިޓް ފުރިހަމަވިއެވެ.

ފެބްރުއަރީ 4، 2019: ދިވެހި ފިލްމް ގޮށްރާޅު ޕްރިމިއާރ ކުރުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

އަޝްފާ

ރެޑް ކާޕެޓު އިވެންޓުގައި އެންމެ ރަހުމަތްތެރި މޫނަކީ އަޝްފާކަން ޔަގީނެވެ. ކެޝުއަލް ހެދުމެއްގައި އަޝްފާ ފެންނަލެ މާރީތި ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. މާ ގޮތް ބޮޑު ނޫންކޮށް ފަރުމާކޮށްފައިވާ އެ ހެދުމުގައި ހުރި ކަޅު ކުލައާއި މުށި ކުލައިގެ ރޮނގު ތަކެކެވެ.

ފެބްރުއަރީ 4، 2019: ދިވެހި ފިލްމް ގޮށްރާޅު ޕްރިމިއާރ ކުރުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް