"ގޮށްރާޅު" ޕްރިމިއާކޮށްފި، ފަސްތަރި ދިނުން ހައްގު ފިލްމެއް

ގޮށްރާޅުގެ ޕޯސްޓަރެެއް

ދިވެހި ސިނަމާއަށް ލޯބިކުރާ ބެލުންތެރިންނަށް ރެއަކީ ވަރަށް ހާއްސަ ރެއެކެވެ. އެންމެ އިންތިޒާރުކުރަމުން އައި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކްރައިމް ތްރިލާ "ގޮށްރާޅު" ރޭ ރިލީޒްކުރުމުންނެވެ.

އޮލިމްޕަހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފިލްމުގެ ތަރިންގެ އިތުރުން ބައެއް ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.

ފިލްމު ޕްރިމިއާކޮށްދީފައި ވަނީ ފިލްމުގެ ޑައިރެކްޓަރު އަހްމަދު ޝިނާންގެ ބައްޕަ އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

ފިލްމު ޕްރިމިއާކުރުމަށް ފަހު އާދަމް ޝަރީފު ވިދާޅުވީ މުޅި ދުނިޔެއަށް ނިސްބަތްކުރާ އިރު ވެސް އިންސާނުންގެ ސިކުނޑިއަށް އެންމެ ވަރުގަދަ ނުފޫޒެއް ފޯރުކޮށްދޭ އެކައްޗަކީ ފިލްމު ކަމަށެވެ.

ގޮށްރާޅު ޕްރިމިއާކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޮށްރާޅު ޕްރިމިއާކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރާއްޖޭގައި ހުރި އިޖްތިމާއީ ތަފާތު އެތައް މައްސަލަތެއް ގޮއްރާޅުގެ ތެރެއިން ފެނިގެންދާނެ. ޝިނާން މިކުރި މަސައްކަތަކީ އާއިލާއިން ވެސް ވަރަށް ފަހުރުވެރިވާ މަސައްކަތެއް،"

ފިލްމު ފެށިގެން ނިމިގެން ދިޔައިރު ވެސް މުޅި އޮލިމްޕަސް އޮތީ ހަމަ ރަނގަޅަށް ވެސް ފިލްމުގެ ތެރެއަށް ވަދެވިފަ އެވެ.

"އަސްލު ވަރަށް ސަޅި މި ފިލްމު. ކޮންމެ މީހަކު ވެސް ބުނާނެ ފިލްމު ހަދާފައި މިހާރުގެ މުޖުތަމައުއާ ގުޅޭ ފިލްމެކޭ މިއީ. އެކަމަކު ހަގީގަތުގައި މިއީ އެ ފިލްމަކީ. މިއީ ކޮންމެ މީހެއް ވެސް ބަލާލުން މަޖުބޫރު ފިލްމެއް." ފިލްމު ބެލުމަށް ފަހު ނުކުތް ކުއްޖެއް ބުންޏެވެ.

ގޮށްރާޅު ޕްރިމިއާކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޮށްރާޅު ޕްރިމިއާކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިލްމު ނިމުމުން ބެލުންތެރިންގެ ހޫނު އަތްތިލަބަޑީގެ ތަރުހީބެއް ލިބުނެވެ. ކޮންމެ މީހަކު ވެސް ނުކުތީ ހިތްހަޖެހިގެން ހުރެ އެވެ. ރަނގަޅު ފިލާވަޅެއް ކޮންމެ މީހަކަށް ވެސް އެ ފިލްމުން ލިބޭނެ އެވެ.

"ކީކޭ ބުނަން އޮތީ. ކޮންމެ ތަރިއެއްގެ އެކްޓިން އެހާ ފުރިހަމަ. އާ ތަރިން އެކްޓްކުރި އިރު ރޭކާ ވެސް ނުލާ އާ މީހުންނޭ މިއީ. ފަހު މަންޒަރު ވަރަށް ހަބޭސް. ފައިވް ސްޓާ ދޭވަރުގެ ފިލްމެއް މިއީ،"

ގިނަ މީހުން "ގޮށްރާޅު" ސިފަކުރަނީ މާސްޓާޕީސްއެއްގެ ގޮތުގަ އެވެ.

"ކޮންމެ މީހަކު ވެސް ޖެހޭނެ މި ބަލަން އަންނަން. ނުބަލާ ދޫކޮށްލައިގެން ނުވާނެ. ހާއްސަކޮށް ޔޫތަށް ވަރަށް ކަމުދާނެ. މިވަރުގެ ދިވެހި ފިލްމެއް ނުބަލަން،"

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ)އެވެ.

ގޮށްރާޅު ޕްރިމިއާކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޮށްރާޅު ޕްރިމިއާކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ގޮށްރާޅު"ގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުން ލިބޭނެ އެވެ.

ފިލްމު ބެލުމަށް ފަހު ނުކުތް ބެލުންތެރިންގެ ހިޔާލުތައް މި އެވެ. މާސްޓަޕީސް އެ ފިލްމު ބަލާލަން އެންމެން ވެސް ވަންނަންޖެހޭނެ އެވެ.

"ގޮށްރާޅު" އަކީ ފަސްތަރި ދިނުން ހައްގު ފިލްމެކެވެ. ފިލްމުގެ ރިވިއުއަށް އިންތިޒާރުކޮށްލާށެވެ.

comment ކޮމެންޓް