ޔަމަހާ ފްރީގޯގެ ހާއްސަ ޕްރޮމޯޝަނެއް އެލިއާ އިން ފަށައިފި

އެލިޔާ އިން ހުކުރު ދުވަހު ބޭއްވި އިވެންޓު-- ފޮޓޯ: އެލިއާ

ޔަމަހާ ފްރީގޯ ސައިކަލު ތައާރަފުކޮށް، ހާއްސަ ޕްރޮމޯޝަނެއް އެލިއާާ އިން ފަށައިފި އެވެ.

އެލިއާ އިން ވަނީ އެ ސައިކަލުތައް ރާއްޖެއަށް ތައާރަފުކުރުމަށް ހުކުރު ދުވަހު ހާއްސަ އިވެންޓެއް ވެސް ބާއްވައިފަ އެވެ. މި އިވެންޓުގައި ޔަމަހާ ބްރޭންޑްގެ ހުރިހާ މޮޑެލެއްގެ ސައިކަލް އިންސްޓޯލްމެންޓަށް ނެގުމުގެ ފުރުސަތު ހުޅުވާލައި ސައިކަލް ނެގުމަށް ނަން ނޯޓު ކުރި މީހުންނަށް ޑައުން ޕޭމެންޓުގެ 50 ޕަސެންޓް ޑިސްކައުންޓް ދީފައިވެ އެވެ.

އެލިޔާ އިން ހުކުރު ދުވަހު ބޭއްވި އިވެންޓު-- ފޮޓޯ: އެލިއާ

އެލިއާ އިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނުގެ ދަށުން ސައިކަލު ނަގާއިރު ޑޭޓޭޑް ޗެކްސްއެއް ނުނަގަ އެވެ. އަދި ހަމައެކަނި ކަސްޓަމަރަށް ލާރި ލިބޭކަން އަންގައިދޭ ލިޔުމެއް ގެންދިޔުމުން އިންސްޓޯލްމެންޓުގެ ކަންތައް ހަމަޖައްސައިދެ އެވެ.

އެލިއާ އިން ބުނީ އެކުންފުނިން ސައިކަލު ނަގާއިރު ސައިކަލު ރަޖިސްޓްރީކޮށްދޭނީ ކަސްޓަމަރުގެ ނަންމަތީ ކަމަށާއި ސައިކަލު ދޫކުރާނީ ޕީބޯޑެއްގައި ކަމަށެވެ.

comment ކޮމެންޓް