އަށް ރަށެއްގެ މަގުހެދުމަށް ބީލަމަށް ހުޅުވާލައިފި

ގދ. ތިނަދޫ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން: އަށް ރަށެށްގެ މަގުހެދުމަށް މިހާރު ވަނީ ބީލަމަށް ހުށަހެޅުމަށް ހުޅުވާލައިފަ --

އަށް ރަށެއްގެ ބޮޑެތި މަގުތައް ހެދުމަށް ބީލަމަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވަނީ، ޕްލޭނިން އެންޑް އިންފްރާކްޗާ މިނިސްޓްރީންގެ އެދިލެއްވުމުގެ މަތިން އަށް ރަށެއްގެ ބޮޑެތި މަގު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި އެމަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފައިވާ ކަަމަށެވެ.

ބީލަމަށް ހުޅުވާލެވުނު އަށް ރަށް:

  1. ހދ. ހަނިމާދޫ
  2. ރ. އުނގޫފާރު
  3. ރ. ދުވާފަރު
  4. ބ. އޭދަފުށި
  5. ތ. މަޑިފުށި
  6. ލ. ފޮނަދޫ
  7. ޏ. ފުވައްމުލައް
  8. ސ. ހުޅުމީދޫ

ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާންގައި ބުނެފައިވަނީ، ކޮންމެ މަޝްރޫއުއެއްގެ ބިޑް ސެކުއިރިޓީ އަކީ 150،000 ރުފިޔާ ކަމަށެވެ.

ބީލަން ގައި ބައިވެރިވުމަށް ފާއިސާ ބަލައިގަތުން ހަަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން މާޗު މަހު 12 އަށެވެ.

އަދި ބީލަން ހުޅުވުން އޮންނާނީ މާޗު 19 ވަނަ ދުވަހު މެންދުރު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އެންޑް ޕްރޮޖެކްޓް މޮނީޓަރިންގެ ޖަލްސާ ކުރާ މާލަމުގައި އެވެ.

މި މަސައްކަތައް ޝަރުތު ހަމަވާ ފަރާތެއް ހޯދުމަށް ހަމަޖެހިފައިވަނީ، އިންޓަނޭޝަލް ކޮމްޕެޓެޓިވް ބިޑިން (އައިސީބީ) ގެ އުސޫލުގެ މަތިން ކަމަށް ފިނޭސް މިނިސްޓްރީން ނެރުނު އިއުލާންގައި ބުނެފައިވެއެވެ.

comment ކޮމެންޓް