ފޭސްބުކްގެ އާމްދަނީ 16.9 ބިލިއަނަށް

ފޭސްބުކް އަށް މިދިޔަ މަހު ލިބުނު އާމްދަނީ 16.9 ބިލިއަން ޑޮލަރަށް އަރައިފި އެވެ.

ފޭސްބުކް އަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ގޮންޖެހުންތަކާ އެކު ވެސް ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ވެސް އިތުރުވުމާއެކު އެވެ.

ނަމަވެސް ގަވައިދުން ކޮންމެދުވަހަކު ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ދަނީ މަޑުމަޑުން މަދުވަމުންނެވެ. މިދިޔަ އަހަރުގެ އެންމެ ފަހު ތިން މަހު ފޭސްބުކް ބޭނުންކުރާ 2.32 ބިލިއަން ޔޫޒަރުން ތިބި އިރު ދުވާލެއްގެ މައްޗަށް ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު އުޅެނީ 1.52 ބިލިއަނުގަ އެވެ.

ފޭސްބުކް އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އަކީ އޭގެ ކުރީ އަހަރާ އާޅާބަލާ އިރު 9 ޕަސެންޓު އިތުރު އަދަދެކެވެ.

ފޭސްބުކް އިން ދަނީ ޔޫޒަރުންގެ އަދަދު މަދުވިޔަ ނުދިނުމަށް ގިނަ ބަދަލުތައް އެ ޕްލެޓްފޯމަށް ގެންނަމުންނެވެ.

comment ކޮމެންޓް