ފޭސްބުކް ބޭނުންކުރުން ހުއްޓާލުމުން މާ އުފާވެރިވޭ، ނަމަވެސް މައުލޫމާތުތައް ނުލިބޭ

ފޭސްބުކްއިން ވަނީ ވިންކް، ހައިފައިވް، އަދި ހަގް ކޮށްލެވޭނެ ފީޗާއެއް ޓެސްޓްކުރަން ފަށައިފަ ---

ފޭސްބުކް ބޭނުންކުރުން ހުއްޓާލުމުން ހަޔާތަށް އުފާވެރިކަން ގެނެސްދޭ ކަމަށާއި އެހެން ނަމަވެސް މައުލޫމާތުތައް ލިބެންވާ ވަރަށް ނުލިބޭ ކަމަށް ދިރާސާއެއްގައި ބުނެފިއެވެ.

ދާދި ފަހުން ނިއުޔޯކް އަދި ސްޓެންފޯޑް ޔުނިވާސިޓީން ކުރި ދިރާސާއެއްގައި ވަނީ ބަޔަކު ލައްވައި ފޭސްބުކް ބޭނުންނުކޮށް މަސްދުވަސް ވަންދެން އެމީހުންގެ އެކި ކަންތައްތައް ބަލައިފައެވެ. އެގޮތުން ގިނަ މީހުންނަށް އެމީހުންގެ ދިރިއުޅުން ކުރިއަށް ވުރެ އުފާވެރި ކަަމަށްބުނި ނަމަވެސް އެމީހުންނަށް ގިނަ މައުލޫމާތުތައް ނުލިބޭ ކަމަށެވެ.

ދިރާސާގައި ބައިވެރިވި މީހުން ބުނީ ފޭސްބުކް ބޭނުންކުރުން ހުއްޓާލުމުން ހުސްވަގުތު ލިބުނު ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުން، ދިރާސާއަށް ފަހު ވަނީ ފޭސްބުކް އަލުން ބޭނުންކުރަން ފަށައިިފައެވެ. ނަަމަވެސް ގިނަ މީހުން ބުނީ ފޭސްބުކްއަށް އަލުން އެނބުރި އައުމަށްފަހު ފޭސްބުކް ބޭނުންކުރަނީ ކުރިޔަށް ވުރެ މަދުން ކަމަށެެވެ.

ނިއުުޔޯކް ޔުނިވާސިޓީގެ ޕްރޮފެސަރު ހަންޓް އެލްކޮޓް ވިދާޅުވީ ފޭސްބުކަކީ ހަޔާތުގައި މުހިންމު އެއްޗެއްކަމަށް ދިރާސާގައި ބައިވެރިވި މީހުން ބުނި ކަމަށެވެ. އެ ދިރާސާގައި ބައިވެރިވި މީހުން ބުނީ ފޭސްބުކް ބޭނުންކުރުން ހަތަރު ހަފްތާއަށް ހުއްޓާލަން ބޭނުންނަމަ 100 ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ.

ދިރާސާ ހެދި ޕްރޮފެސަރުުން ބުނީ މިއީ ފޭސްބުކްއާ ދެކޮޅަށް ކުރާ ދިރާސާއެއް ނޫން ކަމަށެވެ. އެ ދިރާސާގައި ފޭސްބުކްގެ މުހިންމުކަން އެނގުމުން، ފޭސްބުކް ކުންފުނީން ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ.

މަސްދަރު: ސީއެންއެން

comment ކޮމެންޓް