އެއާބަސް އޭ380 އުފެއްދުން ހުއްޓާލަން ވިސްނަނީ

އެމިރޭޓްސްގެ އެއާބަސް އޭ380 ފްލައިޓެއް ---

ދުނިޔޭގައި މިހާރު އުފައްދާ އެންމެ ބޮޑެތި އެއާކްރާފްޓު، އޭ380 އުފެއްދުން ހުއްޓާލަން އުޅޭކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.

އެއާބަސް އިން އޭ380 އުފެއްދުން ހުއްޓާލަން ނިންމާފައި ވަނީ އެ މަރުކާގެ އެއާކްރާފްޓު އުފެއްދުމަށް ކުންފުންޏަށް އެންމެ ބޮޑު އޯޑަރު ދީފައިވާ އެމިރޭޓްސް އިން އެކުންފުނީގެ އޯޑަރު ރިވަސް ކުރަން ބޭނުން ވުމުންނެވެ.

އެމިރޭޓްސް އިން ވަނީ އޭ380 މަރުކާގެ ބޯޓުތަކަކީ ވިޮޔަފާރީގެ ގޮތުން އެފިޝިއެންޓު އުޅަނދަކަށް ނުވާތީ އޭ380 ގެ ބަދަލުގައި އެއަށް ވުރެ ކުޑަ އޭ350ގެ އުޅަނދުތައް އުފެއްދުމަށް އޯޑަރު ބަދަލުކުރަން ނިންމައިފަ އެވެ.

އެމިރޭޓްސް އިން ވަނީ 100 އެއްހައި އޭ380 އެއާ ކްރާފްޓު އުފެއްދުމަށް އެއާބަސް ކުންފުންޏަށް އޯޑަރު ދީފަ އެވެ. އެތައް ސަތޭކަ ބިލިއަން ރުފިޔާއެއް އިންވެސްތުކޮށްގެން ބޮޑެތި އެއާކްރާފްޓުތަކެއް ގެންނަން ނިންމި ނަމަވެސް އެމިރޭޓްސް އިން މިހާރު ވަނީ ދަރަނި ބޮޑުވެ، ހަރަދު ކުރަން ޖެހުމުން އެ އޯޑަރު ބަދަލު ކުރަން ނިންމައިފަ އެވެ.

އޭ380 އަކީ ފަސިންޖަރުން އުފުލާ އެންމެ ބޮޑެތި އެއާކްރާފްޓެވެ. އެމިރޭޓްސްގެ ލަގްޒަރީ ފްލައިޓުތަކުގެ ގޮތުގައި އޭ380 ޕްރޮމޯޓު ކޮށްފައިވާ އިރު އެ އެއާކްރާފްޓުުތަކުގައި ސޫޓްތަކާއި ބޮޑެތި ފާހާނާތައް ހުންނާނެ ކަމަށް ވަނީ އިޝްތިހާރުކޮށްފަ އެވެ.

އެމިރޭޓްސްގެ އޯޑަރަށް ގެނައި ބަދަލު އެއާބަސް ކުންފުނިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ގާތްގަނޑަކަށް 600 އަށް ވުރެ ގިނަ ގޮނޑި ހުންނަ އޭ380ގެ ބަދަލުގައި ގެންނަން ނިންމާފައިވާ އޭ350 އަކީ ތެލުގެ ހަރަދު ކުޑަވާނެ އުޅަނދެކެވެ. އޭ380 ފްލައިޓެއް އުފެއްދުމުގެ އަގު 16 ބިލިއަން ޑޮލަރަށް އަރާނެ ކަމަށްވެ އެވެ.

comment ކޮމެންޓް