އަމީނިއްޔާއަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތަކެއް ބާއްވަނީ

އަލިމަސްޔޫބިލްގެ މުނާސަބާތާ ގުޅިގެން އަމީނިއްޔާ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އަމީނިއްޔާ

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރެނީ އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އަމީނިއްޔާ ސްކޫލަށް 75 ފުރުމާ ދިމާކޮށް ހަރަކާތަތްތައް ކުރިއަށް ގެންދާނެގޮތްތަކާ މެދު މަޝްވަރާކުރުމަށް، ރޭ އެ ސްކޫލުގެ ގޯތިތެރޭގައި ވަނީ ހާއްސަ ހަފްލާއެއްވެސް ބާއްވައިފައެވެ. އެ ހަފްލާގައި އެ ސްކޫލުގެ މުސްކުޅި ދަރިވަރުންވެސް ބައިވެރިވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގަތެވެ.

އެ ސްކޫލަށް 75 އަހަރު ފުރޭތީ، އާންމުކޮށް ހުޅުވާލައިގެން ލޯގޯ ހެދުމަށް ވެސް ހުޅުވާލިއެވެ. ރޭގެ ހަފްލާގައި އޭގެ ތެރެއިން އެންމެ ރީތި ލޯގޯ ހުށަހެޅި ފަރާތްތަކަށް ވަނީ އިނާމްވެސް ދީފައެވެ. އަދި އޭގެ ތެރެއިން އެނިވާސަރީއާ ދިމާކޮށް ބޭނުންކުރާނެ ލޯގޯވެސް ރޭ ވަނީ ދައްކާލައިފައެވެ.

އަލިމަސްޔޫބީލްއާ ދިމާކޮށް ހަދައިފައިވާ ލަވައެއްވެސް ރޭގެ ހަފްލާގައި ވަނީ އިއްވައިފައެވެ.

އަލިމަސްޔޫބިލްގެ މުނާސަބާތާ ގުޅިގެން އަމީނިއްޔާ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އަމީނިއްޔާ

އަލިމަސްޔޫބީލްގެ ހަރަކާތްތަކާ ބެހޭގޮތުން އެ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު "ސަން" އަށް ވިދާޅުވީ އަލިމަސްޔޫބީލް ހަރަކާތްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން އެ ސްކޫލުގެ ކުރީގެ ދަރިވަރުންނާ އަދި ބެލެނިވެރިންނާ އަދި މިހާރުގެ ދަރިވަރުންގެ ފަރާތުން ވަރަށް ގިނަ އީޖާދީ ހިޔާލުތައް މިހާރުވެސް ލިބެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވަނީ ނިންމައިފައި ގްރޭންޑް ރަންއެއްވެސް ބާއްވަން. ދެން ފެއާއަކާ އަދި މުސްކުޅި ދަރިވަރުންނާ އަދި ކުރީގެ ދަރިވަރުން ހިމެނޭގޮތަށް ޕެރޭޑެއްވެސް ބޭއްވުމަށް ވަނީ ނިންމައިފައި. އަލިމަސްޔޫބީލްގެ ހަރަކާތްތައް މުޅި އަހަރު ދުވަހު ކުރިއަށްދާނެ،" ނާޒްލީން ވިދާޅުވިއެވެ.

comment ކޮމެންޓް