ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސްގައިވެސް ބްލެކްޕެންތާ ވިދާލައިފި

ބްލެކް ޕެންތާގެ ކާސްޓުން --- ގެޓީ ފޮޓޯ: ދަ ގާޑިއަންސް

ގްރައުންޑްބްރޭކިން ސުޕަހީރޯ ބްލޮކްބަސްޓާ ފިލްމު "ބްލެކްޕެންތާ" ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސްގައިވެސް ވިދާލައިފިއެވެ.

އޮސްކާ އަށްވެސް ނޯމިނެޓްވެފައިވާ ބްލެކްޕެންތާ އަކީ 2018 ވަނަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އިއްޔެ ބޭސްވި 25 ވަނަ ސްލްރީން އެކްޓާސް ގިލްޑް އެވޯޑްސްގައި ބްލެކް ޕެންތާއަށް ވަނީ އައުޓް ސްޓޭންޑިން ޕާފޯމަންސް ބައި އަ ކާސްޓް އިން އަ މޯޝަން ޕިކްޗާ އެވޯޑް ލިބިފައެވެ.

މީގެ އިތުރުންވެސް އައުޓްސްޓޭންޑިން އެކްޝަން ޕާފޯމަންސް ބައި އަ ސްޓަންޓް އެންސެމްބަލް އިން އަ މޯޝަން ޕިކްޗާ އެވޯޑުވެސް ބްލެކްޕެންތާ އިން ވަނީ އުފުލާލައިފައެވެ.

ބްލެކްޕެންތާގެ ކާސްޓު --- ފޮޓޯ: ރޮއިޓާސް

ބްލެކްޕެންތާގެ ލީޑުން ފެންނަ ޗެޑްވިކް ބޯސްމޭން ބުނެފައިވަނީ ޒުވާން ޓީމަކާއެކު ފިލްމުން ބޮޑު ކާމިޔާބެއް ހޯދައިފި ކަމަށެވެ. ހާއްސަކޮށް ކަޅު ނަސްލުގެ ކާސްޓެއް ފެންނަ ފިލްމަކުން މިފަދަ ބޮޑު ކާމިޔާބީއެއް އެވޯޑު ހަފްލާތަކުގައި ހޯދަމުންދާތީ އޭނާ ވަނީ އެކަން ފާހަގަކޮށް ކާސްޓުންގެ ހިތްވަރަށް ސާބަސް ދީފައެވެ.

ބްލެކްޕެންތާގެ އިތުރުން "އަ ސްޓާ އިޒް ބޯން" އަދި "ބޮހޭމިއަން ރެޕްސޮޑީ" ވެސް ވަނީ އެވޯޑް ހަފްލާގައި ވިދާލައިފައެވެ.

comment ކޮމެންޓް