ބްރެޒިލްގެ ޑޭމްއެއް ފަަޅައިގެން ގޮސް، ނުވަ މީހަކު މަރުވެއްޖެ

ބްރެޒިލްގެ ޑޭމެއް ފަޅައިގެން ދިޔުމުގެ ކިސަޑު ފައިބާފައި -- ފޮޓޯ: އޭއެފްޕީ

ބްރެޒީލިއާ (ޖެނުއަރީ 26): ބްރެޒިލްގެ އިރު ދެކުނުގައި ހުންނަ މައިނެއްގެ ޑޭމް ފަޅައިގެން ދިޔުމުގެ ސަބަބުން ނުވަ މީހަކު މަރުވެ، 300 މީހުން ގެއްލިއްޖެއެވެ.

ބްރެޒިލްގެ އެންމެ ބޮޑު މައިނިން ކުންފުނި ކަމަށްވާ ވާލޭގެ އެ ޑޭމް ފަޅައިގެން ދިޔުމުގެ ސަބަބުން އެސަރަހައްދުގައި ހުރި އޮފީސްތަކާއި ގެތަކަށް ވަނީ ކިސަޑު ފައިބާފައެވެ. އޭގެ ސަބަބުން އެ އިމާރާތްތަކުގައާއި ކިސަޑުގައި ތާށިވެފައިވާ މީހުން ހޯދުމަށް ފަސް ހެލިކޮޕްޓަރު ދަނީ ބޭނުން ކުރަމުންނެވެ.

އެހާދިސާ ހިނގި ސްޓޭޓުގެ ގަވަރުނަރު ރޮމިއު ޒީމާ ވަނީ ޑޭމް ފަޅައިގެން ދިޔުމުގެ ސަބަބުން ގެއްލުނު މީހުން ދިރިތިއްބާ ސަލާމަތް ކުރުމުގެ ފުރުސަތު ކުޑަ ކަމަށް ވިދާޅުވެފައެވެ.

އެހާދިސާ ހިނގި ސަރަހައްދަށް މިއަދު ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ޒިޔާރަތައް ކުރައްވާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުންޏެވެ.

މީގެ ތިން އަހަރު ކުރިންވެސް ވާލީއަށް ނިސްބަތްވާ ޑޭމްއެއް ފަޅައިގެން ގޮސްފަ އެވެ. އެހާދިސާގައި 19 މީހަކު މަރުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް